ދިވެހިރާއްޖެ
ތ.ގާދިއްފުށީ ޞިއްޙީމަރުކަޒު
ތ.ގާދިއްފުށި، ދިވެހިރާއްޖެ
ނަންބަރު: N-9/HC/IUL/2021/01
ޕަބްލިޝްކުރި ތާރީހް: 26އޭޕްރީލް 2021
ޕަބްލިޝްކުރި ގަޑި: 14.00
ސުންގަޑި: 03 މެއި 2021 (11.00)
އީގަވަރމަންޓް ނެޓްވޯކް އެޅުމަށް މަގުކޮނެ ކޭބަލް ވަޅުލުން
އަންދާސީ ހިސާބް ހުށަހެޅުން
ސަރުކާރުގެ ޞިއްޙީ ޙިދުމަތްދޭ ހުރިހާ ރަށެއް ގުޅާލުމަށް ކުރިއަށް ގެންދެވޭ މަޝްރޫޢުގެ ދަށުން ތ.ގާދިއްފުށީ ކައުންސިލް އިދާރާއާއި ޞިއްޙީމަރުކަޒާއި ދެމެދު ފައިބާރ ނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނެ ކޭބަލް ވަޅުލުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ މިދަންނަވާ ތާރީޙު ތަކުގައި ތ.ގާދިއްފުށީ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބް ހުށަހެޅުން |
މަޢުލޫމާތު ސާފުކުރުން |
09 މެއި 2021 ވާ އާދިއްތަ ދުވަހުގެ 11.00 ގައި |
03 މެއި 2021 ވާ ހޯމަ ދުވަހުގެ 11.00 ގައި |
މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ގެންނެވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަވެސް މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅުއްވާއިރު ބަދަލުގައި އެހެން ފަރާތެއް ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން ހުށައަޅަންވާނެއެވެ. އަދި މިފަދަ ލިޔުމެއްނެތި ހުށައެޅޭ އަންދާސީ ހިސާބްތައް ބަލައިގަތުމަށް ހަމަޖެހިފައިނެތްވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
26/04/2021