ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)421/421/2021/10
ޕަބްލިޝްކުރި ތާރީޚް: 26 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 10:43
ސުންގަޑި: 04 މޭ 2021 13:00
ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު ( ވޭޖް )

                                                ނަންބަރު:(IUL)421/421/2021/10

 

އިޢުލާން

 

ވޭޖް އެމްޕްލޯއީމަންޓުގެ އުސޫލުން ގދ.ވާދޫ މިސްކިތްތަކުގައި މަސައްކަތްކުރާނެ މަސައްކަތު މީހުން ހޯދުން

 

         10 މެއި 2021 އިން 31 ޑިސެމްބަރ 2021 ގެ ނިޔަލަށް ގދ.ވާދޫ މިސްކިތްތަކަށް ވޭޖް އުސޫލުން  ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމް:

މަސައްކަތު ( މިސްކިތްތަކަށް )

ބޭނުންވާ ޢަދަދު:

02

މަޤާމުގެ ގިންތި:

ވަގުތީ ( ވޭޖް އެމްޕްލޯއި )

މަޤާމުގެ ރޭންކް:

އެސްއެސް 01

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓްސްޓާފް ގްރޭޑް 01

ވަޒީފާ އަދާކުރަންޖެހޭތަން:

ހުވަދު އަތޮޅު ދެކުނުބުރީ ވާދޫ މިސްކިތްތައް

މުސާރަ:

މިސްކިތަށް ހާޟިރުވާ ކޮންމެ ނަމާދު ވަގުތަކަށް -/45 ( ފަންސަޔާޅީސް ރުފިޔާ )

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތާއި ވާޖިބްތައް

  1. ކައުންސިލް އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި ކައުންސިލުން އަންގާ ގޮތެއްގެމަތިން މަސައްކަތްކުރުން.
  2. ކޮންމެ ނަމާދުވަގުތެއްގެ 15 މިނެޓްކުރިން މިސްކިތައްގޮސް މިސްކިތް ފޮޅާ ސާފުކުރުމާއި މިސްކިތުގައި އޮންނަ ހާޟިރީގައި ސޮއިކުރުމާއި،ކޮންމެ ރަސްމީ ދުވަހެއްގެ މެންދުރުފަހު 13:00 ގެކުރިން ކައުންސިލް އިދާރާއަށް ހާޟިރުވެ މުވައްޒަފުން ސޮއިކުރާ ފޮތުގައި ސޮއިކުރުން
  3. މިސްކިތާއި މިސްކިތު ގޯތިތެރޭގައިވާ ފެންތާގީތަކާއި ގަސްތަކަށް ގެއްލުން ލިބިފައިވޭތޯ ބެލުމާއި،ގެއްލުން ލިބިފައިވާނަމަ އިމާމް މީހާއަށް އެކަން އެންގުން. އަދި ގަސްތަކަށްފެންދިނުމާއި އެކު ގަސްތައް ކޮށައި ބެލެހެއްޓުން.
  4. މިސްކިތު ގޯތިތެރެ އާއި މިސްކިތުގެ ވަށައިގެންވާ މަގުތަކުގެ ½ ބައި ސާފުކޮށް ބެލެހެއްޓުން.
  5. އެއްވެސް ކަމެއް ދިމާވެގެން ނަމާދުވަގުތަކަށް މިސްކިތަށް ދިއުމަށް އުޒުރުވެރި ވެއްޖެނަމަ މުވައްޒަފް ރިޕޯޓްކުރަންޖެހޭ މީހާއަށް އެކަން އެންގުން.
  6. މިސްކިތު އިމާމް މީހާ އާއި ގުޅިގެން މަސައްކަތް ކުރުން
  7. މިސްކިތު މަސައްކަތު ވަގުތުގައި މިސްކިތް ފޮޅާސާފުކުރުމާއި،ލައިޓްތައް ދިއްލާ ނިއްވުމާއި،ފަންކާތައް ޖެހުމާއި ނިއްވުން.
  8. ކައުންސިލް އިދާރާއިން އިންތިޒާމްކުރާ ޢާންމު އިޖުތިމާޢީ ކަންކަމުގައި ވަގުތު އޮތްމިންވަރަކުން އެހީވުން.
  9. ދީނީ ނަސޭޙަތް ދިނުމާއި،ޢީދު ނަމާދައި،ކޭތަ ނަމާދު އަދި ތަރާވީޙް ނަމާދަށް މިސްކިތް ތައްޔާރުކުރުން.
  10. މީގެ އިތުރުން މިސްކިތުގެ ދާއިރާގެ ތެރެއިން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ ލެވެލް 01 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުން ނުވަތަ ގްރޭޑް 6 ނިންމާފައިވުން.

މަސައްކަތުގެ ދާއިރާތައް:

-        ފޮޅާ ސާފުކުރުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް މިފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެވެ.އަދި ކޮމިޝަންގެ ވެބްސައިޓް ( http://www.csc.gov.mv/download/2249  (  އިން ޑައުން ލޯޑް ކުރެވޭނެވެ.
  2. ވަޒީފާއަށްއެދޭ ފާރތުގެ ވަނަވަރު ( ގުޅޭނެ ފޯނުނަންބަރާއި،އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ
  4. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރާ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި  ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:   

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު(އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-ލިބިފައިވާ ތައުލީމް  25 ޕޮއިންޓް (10% )

-މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއާއި ގުޅޭތަޖުރިބާ 20 ޕޮއިންޓް (%30 )

-އިންޓަވިއު 100 ޕޮއިންޓް (%60)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 މެއި 2021 ގެ 13:00 ގެ ކުރިން، ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ  ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަވިއު  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 07 މެއި 2021 ވަނަދުވަހު ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލް އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840005 ފޯން އަށެވެ. އީ-މެއިލް ކުރާނީ  [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.


           14 ރަމަޟާން 1442

           26 އޭޕްރީލް  2021

        

                                                          މުޙައްމަދު އިބްރާހިމް

                                                         އެސިސްޓެންޓް ޑިރެކްޓަރ

26 އޭޕްރިލް 2021