ދިވެހިރާއްޖެ
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
ގްރާންޓް ނަމްބަރ: D199-MV
ރ. ވަންދޫގައި ޓަރޓަލް މޮނިޓަރިންގ ސިސްޓަމެއް ގާއިމު ކުރުމަށް ބެނުންވާ ސަރވައިލަންސް އިކްއިޕްމެންޓް ސަޕްލައި، އިންސްޓޯލް އަދި ކޮމިށަން ކުރުމުގެ މަސައްކަތުގެ އިޢުލާނާއި ގުޅޭ
ޕްރޮޖެކްޓް ނަންބަރ: MV-MEE-223533-GO-RFQ
ތާރީޚް: 25 އޭޕްރިލް 2021 (IUL)438-MCEP/438/2021/132 : ރިފަރެންސް ނަމްބަރ
ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ (އެމް.ސީ.އީ.ޕީ) ދަށުން ރ. ވަންދޫގައި ޓަރޓަލް މޮނިޓަރިންގ ސިސްޓަމެއް ގާއިމު ކުރުމަށް ބެނުންވާ ސަރވައިލަންސް އިކްއިޕްމެންޓް ސަޕްލައި، އިންސްޓޯލް އަދި ކޮމިށަން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)438-MCEP/438/2021/114 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އީމެއިލްކުރެއްވި ފަރާތްތަކުން ހުށަހަޅާފައިވާ ސުވާލު ތަކުގެ ޖަވާބު މި މަސައްކަތްއް ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި، މި އިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢު ކުރެވިފައިވާނެ އެވެ.
ބިޑު ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 29 އެޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13.00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިންނަވަން ބޭނުންފުޅުވާ ބޭފުޅުންގެ ޙާޟިރުގައެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 29 އެޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13.00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އެޑްރެސް:
ޕްރޮޖެކްޓް މެނޭޖަރ
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ހަނދުވަރީ ހިނގުން، 20392
މާލެ، ދިވެހިރާއްޖެ
ފޯން: 3018441 / 3018451