ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-CA/38/2021/572
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 20:51
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ތ. ގާދިއްފުށީ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި - ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގެ އިތުރު ބުރުގެ ވޯޓު ނެގުން.

 (IUL)38-CA/38/2021/572 :ނަންބަރު

އިޢުލާން

 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގެ އިތުރު ބުރުގެ ވޯޓު ނެގުން.

2021 އޭޕްރިލް 10 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި، ތ. ގާދިއްފުށީގައި ބެހެއްޓި ތ. ގާދިއްފުށި-1 (N9.1) ނަންބަރު ވޯޓުފޮށްޓަށް ތ. ގާދިއްފުށީ ދާއިރާ ނޫން ދެ މީހަކު އެދާއިރާއަށް ވޯޓުލާފައިވާކަން ހާމަވެފައިވާތީ،

މި ވޯޓުގެ ސަބަބުން ތ. ގާދިއްފުށީ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް ވާދަކުރާ 2 ކެންޑިޑޭޓުންގެ ވޯޓުގެ ނަތީޖާއަށް އަސަރުކޮށްފާނެ ކަމުގެ އިޙްތިމާލު އޮތުމުން، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ ދަށުން ތ. ގާދިއްފުށީގައި ބެހެއްޓި ތ. ގާދިއްފުށި-1 (N9.1) ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ތ. ގާދިއްފުށީގެ ރައްޔިތުންގެ މެދުގައި އަލުން ވޯޓުލައިގެން އިތުރު ބުރެއް ބޭއްވުމަށް މިކޮމިޝަނުން ވަނީ ނިންމާފައެވެ.

ތ. ގާދިއްފުށީ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް މީހަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ އިތުރު ބުރުގައި ވާދަކުރާ ކެންޑިޑޭޓުން ތިރީގައި އެވަނީއެވެ.

 ތ. ގާދިއްފުށީ ކައުންސިލްގެއަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި

 ކެންޑިޑޭޓް ނަންބަރު 7

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، މަރްޔަމް ޙަސަން، އިރުދޭމާގެ / ތ. ގާދިއްފުށި؛ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: އިރުދޭމާގެ / ތ. ގާދިއްފުށި

 ކެންޑިޑޭޓް ނަންބަރު 8

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކެންޑިޑޭޓް،  ޙައްވާ ޢަބްދުލްހާދީ (ޙައްވަ)، ރަނަރުވާލި / ތ. ގާދިއްފުށި؛ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: ރަނަރުވާލި / ތ. ގާދިއްފުށި

  ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގެ އިތުރު ބުރުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ވޯޓު ނެގުން އޮންނާނީ، 2021 މެއި 01 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން ހަވީރު 16:00 އަށެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2021 މެއި 04 ވާ އަންގާރަ ދުވަހުގައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ރަމަޟާން  1442

 

25 އޭޕްރިލް 2021