ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-CA/38/2021/568
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 20:50
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ބ. ކިހާދޫ ކައުންސިލްގެ މެންބަރު - ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގެ ދެވަނަ ބުރުގެ ވޯޓު ނެގުން.

 (IUL)38-CA/38/2021/568 :ނަންބަރު

 

އިޢުލާން

 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު2020ގެ ދެވަނަ ބުރުގެ ވޯޓު ނެގުން.

2021 އޭޕްރިލް 10 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި، ބ. ކިހާދޫ ކައުންސިލްގެ މެންބަރުކަމަށް އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ، ޤާނޫނު ނަންބަރު: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 22  ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މި އިންތިޚާބުގެ ދެވަނަ ބުރެއް ބޭއްވުމަށް މި ކޮމިޝަނުން ވަނީ ނިންމާފައެވެ.

ބ. ކިހާދޫ ކައުންސިލްގެ މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާ 2 ކެންޑިޑޭޓުން ތިރީގައި އެވަނީއެވެ.

 ބ. ކިހާދޫ ކައުންސިލްގެމެންބަރު

ކެންޑިޑޭޓް ނަންބަރު 10

އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް،  މުޙައްމަދު ޝަރީފް، ދޫރެސް / ބ. ކިހާދޫ؛ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: ދޫރެސް / ބ. ކިހާދޫ

އަމިއްލަގޮތުން 

 ކެންޑިޑޭޓްނަންބަރު 12

އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް،  މުޙައްމަދު  ޤާސިމް، ފިނިވާގެ / ބ. ކިހާދޫ؛ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: ފިނިވާގެ / ބ. ކިހާދޫ

އަމިއްލަގޮތުން 

 ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގެ ދެވަނަ ބުރުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ވޯޓު ނެގުން އޮންނާނީ، 2021 މެއި 01 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން ހަވީރު 16:00 އަށެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2021 މެއި 04 ވާ އަންގާރަ ދުވަހުގައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ރަމަޟާން  1442

 

25 އޭޕްރިލް 2021