ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL) 164-PRO/1/2021/18
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 13:05
ސުންގަޑި: 06 މޭ 2021 10:00
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
Fiber Optic OTDR and Power Meter ހޯދުމަށް

އިޢުލާން

 

 ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުމަށް Fiber Optic OTDR and Power Meter ހޯދުމަށް  ކޮށްފައިވާ އިޢުލާން ނަންބަރު (IUL) 164-PRO/1/2021/11  އިއުލާނަށް ހުށައަޅާފައިވާ ބީލަންތަކުގެ އަގު މި އިދާރާއިން އަންދާޒާކޮށްފައިވާ އަގަށްވުރެން ބޮޑުކަމަށް ފެންނާތީ އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

     ބީލަމުގެ ނަން: Fiber Optic OTDR and Power Meter ހޯދުމަށް

 

     ޕްރީ-ބިޑް މީޓީންގ: 27 އޭޕްރީލް 2021 ގައި 10:00 ގައި

 

     އަންދާސީ ހިސާބު ހުށަހެޅުން: 06 މެއި 2021 ގައި 10:00 ގައި

 

            މި ބީލަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ގަޑިއަށް  ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކޮނޯލޮޖީގެ ޢިމާރާތަށް (64 ނަންބަރ ކޮށި، ކަލާފާނު ހިނގުން) ހާޟިރުވެ، މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            ކޯވިޑް-19 ގެ ހާލަތާ ގުޅިގެން ހުރިހާ ފަރުދުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން ޕްރީ-ބިޑް ބައްދަލުވުން އަދި އަންދާސީ ހިސާބު ހުށަހެޅުމަށް، ކޮންމެ ފަރާތަކުންވެސް ބައިވެރިވެ ވަޑައިގަންނަވަން ވާނީ އެންމެ ބޭފުޅެކެވެ. ޕްރީ-ބިޑް ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ އިޖްތިމާއީ ގައިދުރުކަން ކަށަވަރުކުރުމަށްޓަކައި ބައިވެރިވާ ބޭފުޅުންގެ މައުލޫމާތު ( ބިޑް ހުށަހަޅުއްވާ ވިޔަފާރީގެ ނަން، ބައިވެރިވާ ބޭފުޅެއްގެ ނަން، ގުޅޭނެ ފޯން ނަމްބަރު އަދި އައިޑީ ކާޑް ނަންބަރު) 26 އޭޕްރިލް 2021  ވާ ހޯމަ ދުވަހުގެ 23:59ގެ ކުރިން [email protected] އަށް އީ-މެއިލް ކޮށްދެއްވުން އެދެމެވެ.

 

   އިޢުލާނާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ [email protected] އަށް އީ-މެއިލް ކޮށްލެއްވުން އެދެމެވެ.

 

‏13‏ ރަމަޟާން‏ 1442

‏25‏ އޭޕްރިލް‏ 2021

25 އޭޕްރިލް 2021