ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)405-A/2021/17
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 11:26
ސުންގަޑި: 28 އޭޕްރިލް 2021 13:00
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުން

އިޢުލާން

 

 

ކުނަހަންދޫގެ ބައެއް ހިސާބުތަކުގައި އިންދާފައިވާ ރުއްގަހުގެ ވެރިން ހޯދުން

 

              ލ.ކުނަހަންދޫ ކައުންސިލްގެ ހުޅަނގުފަރާތުގައިވާ ސަރަހައްދުގައި އިންދާފައިވާ ރުއްގަހާއި ލ.ކުނަހަންދޫ ހެލްތު ސެންޓަރުގެ އުތުރުފަރާތުގައި (ކޯޑި ހަދާ ސަރަހައްދު) އިންދާފައިވާ ރުއްގަހުގެ ވެރިން ހޯދުމަށް އެދި 09 މާރިޗު 2021ގައި މި ކައުންސިލުން ކުރި އިޢުލާން ނަމްބަރު (IUL)405-A/2021/05 އާއި ގުޅިގެން އެއްވެސް ފަރާތަކުން އިޖާބަ ދެއްވާފައި ނުވާތީ އެއިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރީމެވެ.  

              ވީމާ، 28އޭޕްރީލް 2021ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން އެ ރުއްގަހުގެ ވެރިން އެރުއްގަހުގައި ނަމްބަރު ޖެހުމަށްފަހު މި ކައުންސިލަށް އެކަން އަންގަވައި ދެއްވުން އެދެމެވެ. ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި އެ ރުއްގަހުގައި ނަމްބަރު ޖަހައި ކައުންސިލަށް އެކަން އަންގާފައި ނުވާނަމަ މި ކައުންސިލުން ނިންމާ ގޮތެއްގެ މަތިން އެރުއްތަކާއި ދޭތެރޭ އަމަލު ކުރެވޭނެ ވާހަކަ އެންމެހާ ރައްޔިތުންގެ ސަމާލުކަމައްޓަކައި ދެންނެވީމެވެ.

25 އޭޕްރިލް 2021