ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)56-CAS/56/2021/12
ޕަބްލިޝްކުރި ތާރީޚް: 24 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 23:29
ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ޤައުމީ ކުތުބުޚާނާ އަދި ކުޑަކުދިންގެ މަލްޓިމީޑިޔާ ލައިބްރަރީގެ ޚިދުމަތް ދޭންފެށުން

ކޮވިޑް-19 އާ ގުޅިގެން މެދުކެނޑިފައިވާ ޤައުމީ ކުތުބުޚާނާ އަދި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ ޚިދުމަތް 25 އޭޕްރީލް 2021 ން ފެށިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު ޤައުމީ ކުތުބުޚާނާގެ ޢިމާރާތުން ދޭން ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތް ޤައުމީ ކުތުބުޚާނާއިން ދެމުން ގެންދާނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށް، ހެނދުނު 10:00 އިން 12:00 އަށް ކަމުގައި ދަންނަވަމެވެ.

ކުތުބުޚާނާގެ ޚިދުމަތް ހޯއްދަވާ ހުރިހާ ފަރާތްތަކުންވެސް އެޗްޕީއޭއިން އާންމު ކޮށްފައިވާ ސިއްޙީ ރައްކާތެރިކަމުގެ މިންގަނޑުތަކާއި އެއްގޮތަށް އަމަލުކުރެއްވުމަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.

ލައިބްރަރީގެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް: 3007200 

   ޝުކުރިއްޔާ!

24 އޭޕްރިލް 2021