ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)94-V/94/2014/11
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2014
ޕަބްލިޝްކުރި ގަޑި: 17:10
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ކޯޓާގެ މުއްދަތު އިތުުރުކޮށްދިނުމާބެހޭ

އިޢުލާނު

އިމާރަތްކުރުމުގެ މަސައްކަތަށް ހެދިފައިވާ އެގްރިމަންޓުގެ މުއްދަތު ހަމަވުމަށްފަހު ގެނެސްފައިވާ ބިދޭސީން ފުރުވާލުމަށް ނުވަތަ އެހެން ސައިޓަކަށް ބަދަލުކުރުމަށް ކޯޓާގެ މުއްދަތު އިތުުރުކޮށްދެވޭނީ 3 މަސްދުވަސްކަމަށް ހަމަޖައްސައިފީމެވެ. އަދި މިމުއްދަތުގެ ތެރޭގައި ބިދޭސީން ފުރުވާލުމަށް ނުވަތަ އެހެންސައިޓަކަށް ބަދަލު ނުކުރެވުނުކަމުގައިވިޔަސް ކޯޓާގެ މުއްދަތު އިތުރުކޮށްދެވެން ނެތްވާހަކަ ދަންނަވަމެވެ. 

ވީމާ، 1 ޖޫން 2014 އިން ފެށިގެން މަތީގައި ދެންނެވިފައިވާގޮތަށް ޢަމަލުކުރަމަށް ހަމަޖެހިފައިވާ ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

22 ރަޖަބު 1435

21 މޭ 2014