ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)94-A/94/2014/12
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2014
ޕަބްލިޝްކުރި ގަޑި: 17:07
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
އެމްޕްލޯޔަރ ބަދަލުކުރުމާއި ހުއްދަ ދެވޭ މަސައްކަތުގެ ގިންތި ބަދަލުކުރުމާބެހޭ

އިޢުލާނު

ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީންނަށް މި ޑިޕާރޓްމަންޓުގެ ފަރާތުން އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރެވޭތާ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެފަރާތްތަކުން، ވަޒީފާދޭ ފަރާތާއި ހުއްދަ ދެވޭ މަސައްކަތުގެ ގިންތި ބަދަލު ކުރުމަށްއެދި ހުށަހަޅަމުންދާކަން މިހާރަކަށްއައިސް ވަނީ ފާހަގަ ކުރެވިފައެވެ. މިގޮތަށް ވަޒީފާދޭ ފަރާތާއި ހުއްދަ ދެވޭ މަސައްކަތުގެ ގިންތި ބަދަލު ކުރުމަކީ ބޮޑެތި މައްސަލަތަކެއް ދިމާވަމުންދާ ކަމެއްކަމަށް މިޑިޕާރޓްމަންޓަށް ފާހަގަ ކުރެވެއެވެ.

ވީމާ، ޚާއްޞަ ޙާލަތެއް މެދުވެރިވެގެން ނޫނީ، 1 ޖޫން 2014 އިން ފެށިގެން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީން ރާއްޖެއަށް އައި ތާރީޚުން ފެށިގެން މީލާދީގޮތުން 1 (އެކެއް) އަހަރުގެ ކުރިން އެމްޕްލޯޔަރ ބަދަލުކުރުމާއި ހުއްދަ ދެވޭ މަސައްކަތުގެ ގިންތި ބަދަލުކޮށް ނުދެވޭނެކަމަށް ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ. 

26 ރަޖަބު 1435

25 މޭ 2014