ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)94-A/94/2014/13
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2014
ޕަބްލިޝްކުރި ގަޑި: 16:39
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ރާއްޖެއަށް އަންނަ ބިދޭސީންނާ ގުޅޭގޮތުން ޚިދުމަތް ދިނުމާބެހޭ

އިޢުލާނު

ތަފާތު ބޭނުންތަކަށް ރާއްޖެއަށް އަންނަ ބިދޭސީންނާ ގުޅޭގޮތުން މި ޑިޕާޓްމަންޓުން ދެމުންގެންދާ ތިރީގައި މިދަންނަވާ ޚިދުމަތްތަކަށް އެދޭ ފަރާތަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް އެއްވެސް ފައިސާއެއް ދައްކަންޖެހޭ ފަރާތެއްނަމަ، އެފަރާތުން ދައުލަތަށް ނުދައްކައިވާ ފައިސާއެއް ނެތްކަން ކަށަވަރު ކުރުމަށްފަހުގައި މެނުވީ، 1 ޖޫން 2014 އިން ފެށިގެން އެ ޚިދުމަތްތައް ފޯރުވައިނުދިނުމަށް ހަމަޖެހިފައިވާ ކަމުގައި ދެންނެވީމެވެ.

1- ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ގެނައުމަށް ކޯޓާ ދޫކުރުން.

2- ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ގެނައުމަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރުން.

3- ބިޒްނަސް ވިސާ ދޫކުރުން.

4- އެކި ފަރާތްތަކުން ސްޕޮންސަރކޮށްގެން ރާއްޖެއަށް އެތެރެވާ ބިދޭސީންނަށް ހުއްދަ ދިނުން.

5- ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ގެނައުމުގެ ކުރިން ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ބެހެއްޓޭ ފައިސާ ރީފަންޑުކުރުން.

26 ރަޖަބު 1435

25 މޭ 2014