ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-HI/1/2014/100
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2014
ޕަބްލިޝްކުރި ގަޑި: 16:11
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1435 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ދަތުރުވެރިންގެ މާރުކޭޓާއި ބާޒާރުމަތީ މަގުތައް އަމާންތަނަކަށް ހެދުމަށް މިއިދާރާއިން ކުރި ނަންބަރު -CB/I/2014/76 (IUL) ( 28 އެޕްރީލް 2014) އާގުޅޭ

ދަތުރުވެރިންގެ މާރުކޭޓްގެ ހުޅަނގު، އަދި އިރުމަތީ ފަރާތުގައި ހަދާފައިވާ ވަގުތީ 2 ފެންޑާއަކީ 1434 ވަނަ އަހަރު ރަމަޟާން މަހަށް އަމާޒުކޮށްގެން ތައްޔާރު ކޮށްފައިވާ 2 ފެންޑާއެވެ. އެ 2 ފެންޑާ ވިޔަފާރި ކުރުމަށް ދޫކޮށްފައި އޮތުމުން، ވިޔަފާރިކުރަން އަންނަ ފަރާތްތަކުގެ ސައިކަލް ޕާރކް ކުރުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއެވެ. އަދި އެ 2 ފެންޑާގައި ގުދަންކުރުމާއި އެނދު ބަހައްޓައިގެން ނިދުން ފަދަ ކަންކަންކުރުންވެސް ވަނީ އާންމުވެފައެވެ.

ވީމާ، މިއަދުން ފެށިގެން 7 ދުވަހުގެތެރޭގައި ދަތުރުވެރިންގެ މާރުކޭޓްގެ ހުޅަނގު އަދި އިރުމަތީ 2 ފެންޑާ ހުސްކުރުމަށާއި، އެ މުއްދަތުގެ ފަހުން އެ 2 ފެންޑާ ރޫޅާލާ ޕާރކިންގ އަށް ހުޅުވާލާނެކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

21 މޭ 2014