ދިވެހިރާއްޖެ
އިޢުލާން
މިއަހަރުގެ ތިމާވެށީގެ ދުވަހާ ގުޅިގެން 06 ޖޫން 2014 ވާ ހުކުރު ދުވަހު ހަވީރު 16.00 ން ރޭގަނޑު 20.00 އަށް އިންޖިނުލީ އެއްގަމު ދުއްވާ އުޅަނދު ދުއްވުން މަނާ ވަގުތެއްކަމުގައި ހަމަޖައްސައިފީމެވެ.
ވީމާ، 06 ޖޫން 2014 ވާ ހުކުރުދުވަހުގެ 16.00 ން ފެށިގެން އެރޭގެ 20.00 އާ ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެތެރެއިން ތިރީގައި މިދަންނަވާ އުޅަނދު ފިޔަވައި އެހެން އުޅަނދު މާލޭސިޓީގެ އެއްވެސް ސަރަހައްދެއްގައި އެދުވަހު އެވަގުތު ދުއްވުމަކީ " އެއްގަމު ދަތުރު ފަތުރުގެ ޤާނޫނު" 5/2009 ގެ 5 ވަނަ މާއްދާ (ރ)ގެ ދަށުން މަނާކަމެއްކަމުގައި އާންމުކޮށް އިޢުލާން ކުރަމެވެ.
1- ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު
2- އެމްބިއުލާންސް
3- ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ ޓެކްސީއާއި ޕިކަޕް
4- ޚާއްޞަ އެހީއަށް ބޭނުންވާމީހުން ދުއްވުމަށް ޚާއްޞަ ކުރެވިފައި ހުންނަ ސައިކަލް
5- އެދުވަހު އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު
6- ޢާންމުންގެ ފަސޭހައަކަށް ބޭނުންކުރާ ބަސް ( ޕަބްލިކް ޓްރާންސްޕޯޓް)
މަތީގައިވާ 6 ބާވަތުގެތެރެއިން 3 ވަނަ ނަންބަރާއި 5 ވަނަ ނަންބަރުގެ ދަށުން އެދުވަހު އެގަޑީގައި ދުއްވުން ހުއްދަ އުޅަނދުފަހަރަށް ޚާއްޞަ ހުއްދައެއް މިއިދާރާއިން ދޫކުރެވޭނެއެވެ. މިހުއްދަ ދޫކުރާނީ މިއިދާރާގެ ޔުޓިލިޓީސް އެންޑް ޓްރާންސްޕޯޓް ސެކްޝަން ( ތައިސޭކޮށި) އިން 03 ޖޫން 2014 ން 05 ޖޫން 2014 ވަނަ ދުވަހުގެ ހެނދުނު 9.00 ން 14.00 އާ ދެމެދުގައެވެ. ކޮންމެ ސެންޓަރަކަށް ދޫކުރެވޭނީ 2 ހުއްދަ ކަމުގައިވެސް ދެންނެވީމެވެ. ހުއްދަ ހޯއްދެވުމަށް ވަޑައިގަންނަވާއިރު ހުއްދައަށް އެދޭ ސިޓީއާއި އައިޑީކާޑުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.
މިއެންގުމާ ޚިލާފުވާ ފަރާތްތައް 5/2009 ( އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 65 ވަނަ މާއްދާގެ ދަށުން -/750 ރ. އިން ޖޫރިމަނާ ކުރެވޭނެކަންވެސް އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.