ދިވެހިރާއްޖެ
Q1-MHC/IUL/2021/01
އިޢުލާނު
ގދ.މަޑަވެލި ޞިއްޙީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
ގދ.މަޑަވެލި ކައުންސިލްގެ އިދާރާއިން ގދ.މަޑަވެލި ޞިއްޙީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް ގދ.މަޑަވެލި ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ތާރީޚް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން (28 އޭޕްރީލް 2021) ބުދަ |
11:00ގައި |
ގދ.މަޑަވެލި ޞިއްޙީމަރުކަޒު |
އަންދާސީ ހިސާބު ހުށަހެޅުން (03 މެއި 2021) ހޯމަ |
11:00ގައި |
ގދ.މަޑަވެލި ޞިއްޙީމަރުކަޒު |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު އައިޑީކާޑު ގެންނެވުމަށް ދަންނަވަމެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ އެއީ ކޮންފަރާތަކުން ބަދަލުގައި ފޮނުވާމީހެއް ކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. މިފަދަލިޔުމެއްނެތި ހުށައެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
9 ރަމަޟާން 1442
21 އެޕްރީލް 2021