ނީލަން
ނަންބަރު: (IUL)23-AP/23/2021/96
ޕަބްލިޝްކުރި ތާރީޚް: 22 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 18:44
ސުންގަޑި: 02 މޭ 2021 11:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ނީލަމާއިބެހޭ މަޢުލޫމާތު

              

ނީލަމާއިބެހޭ މަޢުލޫމާތު

          އިޢުލާން

          މި އިދާރާއިން  08 އޭޕްރިލް 2021 ވަނަ ދުވަހު ބޭއްވި ފުރަތަމަ ނީލަމުގައި ނީލަމަށް ނުނަގާހުރި ތިރީގައި މިދަންނަވާ ތަކެތި ދެވަނަ ފަހަރަށް ނީލަންކިޔަން ބޭނުންވެއެވެ. ނީލަންކިޔުން އޮންނާނީ 02 މޭ 2021 ވާ އާދިއްތަ ދުވަހު ހެނދުނު 11:00 ގައި ހެލްތް ސަޕްލައިޒް(ހުސްނުހީނާ މަގު / ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއާއި ޖެހިގެން) ގައެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް ތިރީގައި އެވަނީއެވެ.

ކޯޑް

މުދާ

ރޭޓް

އަދަދު

ނީލަންކިޔަން ފެށޭނެ އަގު

ނީލަމުގެ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު

F003

ބެންޗް ސެޓް

50.00ރ

08

400.00ރ

05.00ރ

F004

ހޮޅިބުރި ތަންމަތި

10.00ރ

27

270.00ރ

02.00ރ

F005

ބިއްލޫރި ގަނޑު

11.00ރ

17

187.00ރ

02.00ރ

F007

މޮނީޓަރު

75.00ރ

15

1125.00ރ

05.00ރ

F008

ރެފްރިޖަރޭޓަރ

100.00ރ

06

600.00ރ

10.00ރ

F009

ސީ.ޕީ.ޔޫ

105.00ރ

11

1155.00ރ

10.00ރ

F010

ޓީވީ

50.00ރ

04

200.00ރ

10.00ރ

F011

ސްޓީލް ދޮރުފަތް

75.00ރ

04

300.00ރ

10.00ރ

 

ނީލަންކިޔުމުގެ އުސޫލު

v   ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.

v   ނީލަމެއް ކުރިއަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަ ނުވާނަމަ، ދެވަނަ ފަހަރަށް އިޢުލާނުކޮށް، 2 ނުވަތަ 1 ބައިވެރިންގެ ހާޒިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.

v   ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.

v   ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރި ފަރާތަށް، "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ހަވާލުކުރެވޭނެއެވެ.

v   ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި މި މިނިސްޓްރީއަށް ދައްކައި ޚަލާޞްކުރަންވާނެއެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާޞްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަންކިޔުމަށް އިއުލާނުކުރެވޭނެއެވެ.

10 ރަމަޟާން 1442

22 އޭޕްރިލް 2021