ދިވެހިރާއްޖެ
މި އެކެޑަމީގެ ނަންބަރު (IUL)430-DBA-B/430/2021/8 އިޢުލާނާ ހަވާލީދީ ދަންނަވަމެވެ. 2021ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި ކަނޑައަޅައިފައިވާ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތާއިއައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 33ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމާއި ތަކެތި ހުށަހެޅުމުގެ މުއްދަތު މިހާރު ވަނީ އިތުރު ކޮށްފައެވެ.
މުބާރާތަށް ތަކެތި ހުށަހެޅުމުގެ ސުންގަޑި
(1) މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2021 ޖޫން 21 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިންނެވެ.
(2) ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2021 ޖޫން 23 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިންނެވެ.
މި މުބާރާތާ ގުޅޭ އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީގެ ކައުންޓަރުންނާއި ވެބްސައިޓުން (www.dhivehiacademy.edu.mv) މިހާރު ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ބޭނުން ނަމަ މި އެކެޑަމީގެ ނަންބަރު 7986230 ފޯނާ ގުޅުން އެދެމެވެ.