މަސައްކަތް
ނަންބަރު: IL-PRC/2021/16
ޕަބްލިޝްކުރި ތާރީޚް: 22 އެޕްރީލް 2021
ޕަބްލިޝްކުރި ގަޑި: 13:34
ސުންގަޑި: 03 މޭ 2021 11:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ 06 ވަނަ ފަންގިފިލާގައި ވިނައިލް ފްލޯރިންގ އަޅައިދިނުން

    މި އޮތޯރިޓީން ދޭ މައުލޫމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި އޮތޯރިޓީގެ 6 ވަނަ ފަންގިފިލާގައި އަޅާފައި ހުރި ކާޕެޓްތައް ނަގައި ވިނައިލް ފްލޯރިންގް އަޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.

    ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓަރ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، [email protected] ގެ އީމެއިލް މެދުވެރިކޮށް ރަޖިސްޓަރވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓަރ ވުމުގެ ސުންގަޑި

29 އޭޕްރިލް 2021

ބުރާސްފަތި

11:00

އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަނޑި

03 މެއި 2021

ހޯމަ

11:00

އަންދާސީ ހިސާބު ހުށަހެޅުން

06 މެއި 2021

ބުރާސްފަތި

11:00

 

    މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ދުވަހުގެ 11:00 އާ ހަމައަށް ބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށެވެ. އަދި މި ބީލަމުގެ އާރްއެފްޕީ ރަޖިސްޓަރވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ.

22 އެޕްރީލް 2021