ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ތ.ގުރައިދޫ ރައްޔިތުންގެ ތެޔޮ ފިހާރަ ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 28 އޭޕްރީލް 2021 ވަނަ ދުވަހުގެ 13:00ގެ ކުރިން މިކައުންސިލަށް ވަޑައިގެން ރަޖިސްޓްރީ ކުރައްވަން ވާނެއެވެ.
ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 29 އޭޕްރީލް 2021 ވަނަ ދުވަހުގެ 11:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ. މި ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު ގެޒެޓް ކުރެވިފައި ވާނެއެވެ.
ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އިމެއިލް ކުރައްވާނީ 29 އޭޕްރީލް 2021 ވަނަދުވަހުގެ 13:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
އެޑްރެސް : ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ފޯން : 6780715
އީމެއިލް އައިޑީ : [email protected]
ބީލަން ހުޅުވުން އޮންނާނީ 06 މެއި 2021 ވަނަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބިލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަން ވާނެއެވެ.
10 ރަމަޟާން 1442
22 އޭޕްރީލް 2021
ކޮޅުމަޑުލު ގުރައިދޫ ރައްޔިތުންގެ ތެޔޮފިހާރަ ކުއްޔަށް ދިނުމަށް ދެވޭ މަޢުލޫމާތު
އިޢުލާން ނަންބަރު: (IUL)386/386/2021/20 ( 22 އޭޕްރީލް 2021 )
- އިޢުލާންގެ ދަށުން ކުއްޔަށް ދެނީ ތ. ގުރައިދޫގައި ހުންނަ ރައްޔިތުންގެ ތެޔޮފިހާރަ ހުންނަ ޢިމާރާތާއި އެތަނުގައި ބޭނުންކުރާ ތަކެއްޗާއި އެތަނުގައި ހަރުކުރެވިވާ ހުރިހާ ތަކެއްޗެވެ.
- ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅައިގެން އެންމެ މަތިން މާރކްސް ހޯދާ ފަރާތަކަށެވެ.
- ކުއްޔަށް ދޫކުރާ އެންމެ ކުޑަ އަގަކީ މަހަކު 5000.00 ( ފަސްހާސް ) ރުފިޔާއެވެ.
- ކުއްޔަށް ދޫކުރާ މުއްދަތަކީ މީލާދީ 10 އަހަރެވެ.
- ކުލި ދައްކަންވާނީ މަހުކުލީގެ ގޮތުގައެވެ. އެމަހެއްގެ ކުލި އެމަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ތ. ގުރައިދޫ ކައުންސިލްގެ އިދާރާއަށް ދައްކަންވާނެއެވެ. އެއީ އެޕްރީލް މަހުގެ ކުލި އެޕްރީލް 10 ވަނަ ދުވަހުގެ ކުރިންނެވެ.
- ކަނޑައެޅިފައިވާ މުއްދަތުގައި ކުލި ނުދައްކާދާ ދުވަސްތަކަށް ، ކުއްޔަށް ދުވާލަކަށް ޖެހޭ ޢަދަދުގެ 15% ޖޫރިމަނާކުރެވޭނެއެވެ.
- އަގު ހުށަހަޅާނީ ބީލަމުގައި ރަޖިސްޓްރީ ވުމަށް ފަހު، އެކަމަށް ތައްޔާރުކޮށްފައިވާ ފޯމުންނެވެ.
- މީރާއަށް އެއްވެސް ފައިސާއެއް ދައްކަން ވެފައިވާ ފަރާތަކަށް ބީލަން ކާމިޔާބު ވިއަސް ތަން ޙަވާލުކުރެވޭނީ މީރާއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އިދާރާއިން ލިބިދޭ ރަސްމީ 5 ( ފަހެއް ) ދުވަހުގެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާ ޚަލާޞް ކުރުމުންނެވެ. އެ މުއްދަތުގައި ފައިސާ ނުދައްކާނަމަ ބީލަން ބާޠިލް ކުރެވޭނެއެވެ.
- ތަނުގައި އިތުރު މަސައްކަތް ކުރަންޖެހޭނަމަ، އެކަމެއް ކުރަންވާނީ ކުއްޔަށް ހިފާ ފަރާތުގެ އަމިއްލަ ޚަރަދުގައި އެފަރާތަކުންނެވެ.
- ކުއްޔަށް ހިފި މުއްދަތު ހަމަވުމުން، ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން މުއްދަތު އިތުރުކޮށްދެވިދާނެއެވެ. މިގޮތުން މުއްދަތު އިތުރުކުރުމުގައި ތިރީގައިވާގޮތުގެމަތިން ކުއްޔަށް ބަދަލުގެނެވޭނެއެވެ.
- 5 ( ފަހެއް ) އަހަރާއި އެއަށްވުރެ ކުޑަ މުއްދަތަކަށް އިތުރުކުރާނަމަ މަހުކުލީގެ 30 ( ތިރީސް ) އިންސައްތަ ކުއްޔަށް އިތުރުކުރުން.
- 5 ( ފަހެއް ) އަހަރުން ފެށިގެން 10 ( ދިހައެއް ) އަހަރާ ދެމެދުގެ މުއްތަކަށް އިތުރުކުރާނަމަ މަހުކުލީގެ 40 ( ސާޅީސް ) އިންސައްތަ ކުއްޔަށް އިތުރުކުރުން
- އިމާރާތް ކުއްޔަށް ދެނީ ތެޔޮ ވިއްކުމަށެވެ. ނުވަތަ ތެލާއި ގުޅުންހުރި ޚިދުމަތް ދިނުމަށެވެ. ތަނުގައި މި ޚިދުމަތް ބަރާބަރަށް ދޭންވާނެއެވެ.
- ކުއްޔަށް ހިފާ ފަރާތުން ބޭނުންވާނަމަ އިމާރާތް ބޮޑުކުރެވިދާނެއެވެ. މިކަމަށް ތަނެއް ހަދާނަމަ ހަދަން ވާނީ މި ކައުންސިލަށް ހުށަހަޅައި ލިޔުމުން ހުއްދަ ލިބިގެންނެވެ. މިނޫން އިތުރު މަސައްކަތެއް މިތަނުގައި ނުކުރެވޭނެއެވެ.
- ތަނުގައި ހުރި ތަކެތި ކުއްޔަށް ހިފާފަރާތަށް ޙަވާލުކުރެވޭނެއެވެ.
- ތަން ދޫކޮށްލާއިރު ނުވަތަ އަތުލާއިރު މިތަކެތި ހަމަކޮށްދޭން ޖެހޭނެއެވެ. ހަމަ ނުކޮށްދޭނަމަ އަގު އަދާކުރަން ޖެހޭނެއެވެ.
- ތަނުގައި ކުރާ މަސައްކަތަށް ސަރުކާރުން ނުވަތަ އެހެން ފަރާތްތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދަން ޖެހޭނީ ކުއްޔަށް ހިފާ ފަރާތުންނެވެ. މިކަމަށް އިދާރީ ގޮތުން ދޭންޖެހޭ އެއްބާރުލުމެއް އޮތްނަމަ އެކަމެއް ކުއްޔަށް ދޭ ފަރާތުން ކުރާނެއެވެ. ތަން ހިންގަންވާނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ޤަވާއިދުން ނަގައިގެންނެވެ.
- ކުލީގެ މުއްދަތުގައި ތަނުގެ ހުރިހާ މަރާމާތެއްކޮށް އާބާތުރަ ފިލުވައި ހަދަން ޖެހޭނީ ކުއްޔަށް ހިފިފަރާތުން އަމިއްލަ ޚަރަދުގައެވެ.
- ތަނުގައި މަދުވެގެން 3 އަހަރުން 1 އަހަރު ކުލަލައި ޒީނަތްތެރިކުރަން ޖެހޭނެއެވެ. ކުލަ ކަނޑައަޅާނީ މި ކައުންސިލުންނެވެ. ކުލައިގެ ފެންވަރަކީ ބޭރުގައި ވެދަރ ބޮންޑް ބޭރުގައިލާކުލައެވެ. އެތެރޭގައިލާނީ ކޮލިޓީ ރަނގަޅު އެތެރޭގައި ލާން ޚާއްޞަ ކުލައެވެ. ދަވާދުލާންޖެހޭ ތަންތަނުގައި ދަވާދު ލާން ޖެހޭނެއެވެ.
- ތަނުގެ އާބާތުރަ ފިލުވައި އަބަދުވެސް ރަނގަޅު ފެންވަރުގައި ތަން ބަލަހައްޓަން ޖެހޭނެއެވެ. އަދި ތަކެތިވެސް ގެންގުޅެންވާނީ މަރާމާތުކޮށްގެންނެވެ.
- ތަނުން ޚިދުމަތް ދޭންވާނީ ޢާއްމު ޞިއްހަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ފުރިހަމަ ކޮށްގެންނެވެ.
- ތަނުގައި ކުރާ އެއްވެސް މަސައްކަތަކަށް އެއްވެސް ޙާލަތެއްގައި މި ކައުންސިލުން ބަދަލު ދިނުމެއް ނޯންނާނެއެވެ. އަދި ތަނުގައި ހަދާ އެއްވެސް ޢިމާރާތެއް އަދި ޢިމާރާތެއްގައި ހަރު ކޮއްފައިވާތަކެތީގެ ތެރެއިން ޢިމާރާތުގެ ބައެއްކަމުގައި ހިނެމޭ އެއްޗެއްވިއަސް މުއްދަތު ހަމަވެގެން ނުވަތަ އެނޫންވެސް ގޮތަކުން ތަން ދޫކޮއްލާއިރު ގެންގޮސްގެން ނުވާނެއެވެ. އަދި އޭގެ ކުރިން ވިއަސް ތަން ރޫޅައިގެން ގެންދިއުން މާނަކުރެވޭ ބާވަތުގެ އެއްވެސް ގޮތަކަށް ޢަމަލުކޮށްގެން ނުވާނެއެވެ.
- ހަވާލުވާ ދުވަހުން ފެށިގެން 20 ދުވަހުގެތެރޭގައި ތަނުގައި ޚިދުމަތް ފަށަން ވާނެއެވެ.
- ކުއްޔަށް ހިފާ މުއްދަތުގައި މި ކައުންސިލުން ޤަބޫލުކުރާ ފެންވަރަކަށް ސާފުކޮށް ބެލެހެއްޓުމަކީ ކުއްޔަށް ހިފި ފަރާތުގެ މަސްއޫލިއްޔަތެކެވެ. ސާފުތާހިރުކަން އަބަދުވެސް އެކަށީގެންވާ ފެންވަރެއްގައި ބެހެއްޓުމަށް ސަމާލުކަން ދޭންވާނެއެވެ. ސާފުކުރުމުގައި އުފެދޭ ކުންޏާމެދު ޢަމަލުކުރަންޖެހޭނީ ރަށު ކައުންސިލުން ކުންޏާމެދު ޢަމަލުކުރުމަށް ހަމަޖައްސާފައިވާ އުސޫލުގެމަތިންނެވެ.
- ކުއްޔަށް ދިނުމާ އަދި ހިފުމާބެހޭ އިތުރު ތަފްޞީލްތައް އެއްބަސްވުމުގައި ހިމެނިފައިވާނެއެވެ.
- ތަން ހުރި ހާލަތު ބަލަން ބޭނުންވާ ފަރާތްތަކަށް މި ކައުންސިލަށް ހުށަހެޅުމުން އެކަން ހަމަޖައްސައިދެވޭނެއެވެ.
އަގު ހުށަހެޅުން
- އަގު ހުށަހަޅާއިރު ހުށަހަޅާނީ މަހަކަށް ޖެހޭ އަގެވެ.
- ހުރިހާ އަގެއްވެސް ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ.
- ބީލަމުގައި ރަޖިސްޓްރީ ވުމަށް ފަހު، އަންދާސީ ހިސާބާއި އެކު ކުންފުއްޏެއްނަމަ، އެކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ، އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދަ އޮންނަ ފިހާރައަކުން ނަމަ، އެފިހާރައިގެ ހުއްދައިގެ ކޮޕީ ހުށަހަޅަންވާނެއެވެ.
- މަޢުލުމާތު ސެޝަންގައި ބައިވެރި ނުވާ ފަރާތްތަކަށްވެސް ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު އަގު ހުށަހެޅިދާނެއެވެ.
މާކްސް ދެވޭގޮތުގެ ތަފްސީލު:
- ބިޑް އިވެލުއޭޓް ކުރާނީ މިކައުންސިލްގެ މުވައްޒަފުންގެ ތެރެއިން ހޮވާލެވިފައިވާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީއިން ނިންމުމަށްފަހު، މިއިދާރާގެ ކައުންސިލަރުންގެ ބައްދަލުވުމަކުން ޙަވާލުކުރުމަށް ނިންމާ ފަރާތަކަށް ބިޑް ލިބޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ.
- ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މި މިކައުންސިލް އަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
ފޯމިއުލާ |
ތަފުސީލު |
މާކްސް ދެވޭ ގޮތް |
މާކްސްދެވޭ ކްރައިޓީރިއާ |
(Benchmark Price / Submitted Price) x Allocated Percentage |
v މަސައްކަތުގެ އަގަށްދޭ މާކްސް v މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަން ކޮމިޓީ އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ބޮޑު އަގަށެވެ. |
90% |
އަގު |
(Benchmark Period / Submitted Period) x Allocated Percentage |
v މިޒާތުގެ މަސައްކަތް ކުރިން ކޮށްފައިވާނަމަ ދޭ މާކްސް v މާކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަން ކޮމިޓީ އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ދިގު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % ހުށަހަޅާ ހުރިހާ އަހަރުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ދިގު މުއްދަތުގައި މިބާވަތުގެ މަސައްކަތް ކޮށްފައިވާ ފަރާތަކަށެވެ. |
10% |
ތަޖުރިބާ |
އަންދާސީ ހިސާބު ހުށަހެޅުން
އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރާއި އިޢުލާންގެ ތާރީޚު ލިޔެވިފައި އޮންނަންވާނެއެވެ. އަދި މި ކައުންސިލް އިން ދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
" ތ. ގުރައިދޫ ރައްޔިތުންގެ ތެޔޮފިހާރަ ކުއްޔަށް ހިފުން "
އަންދާސީ ހިސާބު ހުޅުވުން
އަންދާސީ ހިސާބު ހުޅުވާނީ 06 މެއި 2021 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައި އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތްތަކުން ކަނޑައަޅާފައިވާ ފަރާތްތަކާ އެއް ހާޒިރުގައެވެ. ނަމަވެސް، އިވެލުއޭޝަން ކޮމިޓީއިން ބެލުމަށްފަހު ޝަރުތު ހަމަނުވާ ފަރާތްތައް ޑިސްކޮލިފައިކޮށް ނަތީޖާ އިޢުލާން ކުރެވޭނެއެވެ. ބިޑް މީޓިންގ ގައި އެއްވެސް ޑޮކިއުމަންޓަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
22 އޭޕްރީލް 2021