ދިވެހިރާއްޖެ
c
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާSecretariat of the Hadhdhumathi Kunahandhoo Council
ކުނަހަންދޫKunahandhoo
ދިވެހިރާއްޖެRepublic of Maldives
ނަންބަރު: (IUL)405-A/2020/13
އިޢުލާން
ލ.ކުނަހަންދޫ ކައުންސިލްގެ އިދާރާއިން ހަލާކުވެގެން ނަގާފައިވާ ބައު މުދާތަކެއް ނީލަމުގައި ވިއްކާލުން:
މި ކައުންސިލުން ހަލާކުވެގެންނާއި ބާވެގެން ނެގިފައި ހުރި ތަކެތީގެ ނީލަން ކިޔުން 14 ފެބްރުއަރީ 2020ވާ ހުކުރު ދުވަހުގެ ހަވީރު 4:15 ގައި ކައުންސިލް އިދާރާގެ ގޯތިތެރޭގައި އޮންނާނެއެވެ. އަދި ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 03 ދުވަސް ތެރޭގައި އެތަކެތި ގެންދަވާ ނިންމަވަން ވާނެއެވެ. ނީލަމުން ނެންގެވި ތަކެތި 03ދުވަސް ތެރޭގައި ނުގެންދަވާ ނަމަ 3 ދުވަހުގެ ތެރޭގައި އެތަކެތި ނައްތާލެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
އަދި ދަންނަވަމެވެ. ނީލަމުން ނަންގަވާ ތަކެތީގެ ފައިސާ ނީލަން ނަންގަވާ ތާ ރަސްމީ 1 ދުވަސް ތެރޭގައި ދައްކަވާ ނިންމަވަން ވާނެއެވެ.
ވީމާ، މިތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން ކިޔުމަށް ހަމަޖެހިފައިވާ ދުވަހުގެ ހަމަޖެހިފައިވާ ގަޑިއަށް ކައުންސިލް ގޯތިތެރެއަށް ވަޑައިގެން ދެއްވުން އެދެމެވެ.
ވީމާ މިކަން ޢާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.
19ޖުމާދަލް އާހިރު 1441
13 ފެބްރުއަރީ 2020