ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301-PJ/301/2021/33
ޕަބްލިޝްކުރި ތާރީޚް: 22 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 11:16
ސުންގަޑި: 28 އޭޕްރިލް 2021 12:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަނގޮޅިތީމު ކައުންސިލް އިދާރާގައި ވޯރކްސްޓޭޝަން ޤާއިމްކުރުމުގެ މަސައްކަތް ކުރުން

ރ. އަނގޮޅިތީމު ކައުންސިލް އިދާރާގައި ވޯރކްސްޓޭޝަން ޤާއިމްކޮށްދީ ، ކައުންސިލަށް ބޭނުންވާ ބައެއް މެޝަނަރީ އާއި ފަރުނީޗަރ ގަނެ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢްލާން ކުރަމެވެ.  

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 22 އެޕްރީލް  2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 28 އެޕްރީލް 2021 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ކައުންސިލް އިދާރާއަށް ދުރުވެ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު ބީލަން ފޮތް ބައްލަވައި ގަތުމަށް ދަންނަވަމެވެ. ބީލަން ފޮތާއި ރަޖިސްޓްރޭޝަން ފޯމް ރަސްމީ ދުވަސްތަކުގެ 9.00ން 12.00 ދެމެދު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ބީލަން ފޮތެއްގެ އަގަކީ -/100ރުފިޔާއެވެ.   މައުލޫމާތުދިނުން އޮންނާނީ 29 އެޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމްގައެވެ.  އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 06 މެއި 2021ވާ ބުރާސްފަތި  ދުވަހު 11:00 ގައި މި އިދާރާގެ ކޮންފަރެންސް ރޫމްގައެވެ.  

މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ވިޔަފާރިތަކަށެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން އަދި ބީލަން ފޮތް ނުގަންނަ ފަރާތްތަކުން ހުށަހަޅާ ބީލަން ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީއެއް  އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑު ހުށަހަޅަންވާނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

          ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.              

22 އޭޕްރިލް 2021