މަސައްކަތް
ނަންބަރު: (IUL)372-A1/372/2021/20
ޕަބްލިޝްކުރި ތާރީޚް: 22 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 11:01
ސުންގަޑި: 03 މޭ 2021 13:00
ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. މަގޫދޫ ކައުންސިލް އިދާރާގެ އެތެރޭގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް

އިޢުލާން

ބީލަން ހުށައެޅުމުގެ ދަޢުވަތު:

1. މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ފ. މަގޫދޫ ކައުންސިލް އިދާރާގެ އެތެރޭގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޟަތު ހުޅުވާލަމެވެ.

2. ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއެއްގޮތަށް ބީލަން ހުށައެޅުއްވުން އެދެމެވެ.

 

ތާރީޙް

ވަގުތު

މަޢުލޫމާތު ސާފުކުރުމާއި ބީލަމުގައި ރަޖިސްޓްރީ ކުރުން

2021 އޭޕްރީލް 22 ން 2021 މޭ 03 ށް

ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 9:30 ން 12:30 ށް

ބީލަން ފޮތް ވިއްކުން ( ފޮތެއް -/100ރ އަށް)

2021 އޭޕްރީލް 22 ން 2021 މޭ 03 ށް

ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 9:30 ން 12:30 ށް

ބީލަން ހުށައެޅުން

03 މޭ 2021

13:00 ށް

3. ބީލަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ފ. މަގޫދޫ ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި ރަޖިސްޓްރޭޝަން ކުރިއަށް ދާނީ 22 އޭޕްރީލް 2021 ން 3 މޭ 2021 އާއި ދެމެދު ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެންދުނު 9:30 ން 12:30 އާއި ދެމެދު މި އިދާރާއިން ނުވަތަ މިއިދާރާގެ އީމެއިލް މެދުވެރިކޮށެވެ. މެއިލް ކުރައްވާނީ [email protected] އަށެވެ. މެއިލް ކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން އަދި ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

  • ބީލަމުގައި ރަޖިސްޓްރީ ކުރާ ފަރާތުގެ ނަން، ރަޖިސްޓްރީ ނަންބަރ، އީމެއިލް އެޑްރެސް، ފޯނު ނަންބަރު، މުޢާމަލާތް ކުރާނެ ފަރާތުގެ ނަން ހިމަނަން ވާނެއެވެ.

4. މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެޕޮލްމަންޓްގައި ވިޔަފާރި ނުވަތަ ކުންފުނި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަންޏެވެ.

5. ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށައަޅާ ބީލަންތަކާއި ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތައް، އަދި މަޢުލޫމާތު ފުހިހަމަ ނުވާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

6. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ.

                         10 ރަމަޟާން 1442

                         22 އޭޕްރީލް 2021

22 އޭޕްރިލް 2021