މަސައްކަތް
ނަންބަރު: (IUL)222-F/INDIV/2021/19
ޕަބްލިޝްކުރި ތާރީޚް: 22 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 10:47
ސުންގަޑި: 03 މޭ 2021 00:00
ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
ދުނިޔޭގެ ތަރިކައިގެ ދުވަހަށް ތައްޔާރު ކުރުމަށް ބޭނުންވާ ކުރު ވީޑިއޯ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބުބޭނުންވެއްޖެ

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް ދުނިޔޭގެ ތަރިކައިގެ ދުވަހަށް ތައްޔާރު ކުރުމަށް ބޭނުންވާ ކުރު ވީޑިއޯ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު:  (IUL)222-F/INDIV/2021/11(01 އެޕްރީލް 2021) އިޢުލާން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ މަޢުލޫމާތު ފުރިހަމަނުވާތީ އެއިޢުލާން ބާތިލުކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެ ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 22 އޭޕްރިލް 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 28 އެޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ޕްރޮކިއުމަންޓް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި ޕްރޮޖެކްޓްގެ މަޢުލޫމާތު ކަރުދާހާއި ބީލަން ފޮތް ގެޒެޓްގެ އެޓޭޗްމަންޓްގައި އެޓޭޗްކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 03 މެއި 2021 ވާ ހޯމަ ދުވަހު 11:30 ގައި ޤައުމީ ދާރުލްއާސާރުގެ މީޓިން ރޫމުގައެވެ. ރަޖިސްޓްރީކުރަން ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ. 

މަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމެންޓް ޔުނިޓް

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު

ޤައުމީ ދާރުލްއާސާރު 

ޗާންދަނީމަގު، މާޅެ، ދިވެހިރާއްޖެ

ފޯން: 3340202 / 3323206

އީ-މެއިލް: [email protected]

ކޮޕީ މެއިލް: [email protected]

 

‏10 ރަމަޟާން 1442

22 އޭޕްރިލް 2021

22 އޭޕްރިލް 2021