ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ ދަށުން ވަކީލުކަން ކިޔެވުމަށްފަހު، ޤާނޫނީ ވަކީލުކަމުގެ ހުވާކުރުމުގެ ކުރިން އެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައި ބުނެފައިވާ ތަމްރީން ފުރިހަމަ ކުރަން ބޭނުންވާ ފަރާތްތަކަށް އިންޓަރންޝިޕްގެ ފުރުސަތު ހުޅުވާލަމެވެ. |
|
މަގާމު |
އިންޓަރން |
ސެކްޝަން / ޔުނިޓް |
ކޮމިޝަން ބިއުރޯ |
ބޭނުންވާ އަދަދު |
1 |
މަސައްކަތް ކުރަންޖެހޭ ތަން |
ޖުޑީޝަލް ސަރވިސް ކޮމިޝަން |
އަސާސީ ޝަރުޠު |
1- ޢުމުރުން 21 (އެކާވީސް) އަހަރު ފުރިފައިވާ އަދި ބުއްދި ސަލާމަތުން ހުރި ދިވެހި ރައްޔިތެއް ކަމުގައިވުން. 2- ބާ ކައުންސިލުން ކަނޑައަލާ ޝަރުޠުތަކެއް ފުރިހަމަވާ އަދި ބާ ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި ޤާނޫނީ ރޮނގުން ޑިގްރީއެއް ހާޞިލުކޮށްފައިވުން. 3- ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި "ޖިނާއީ ބޮޑު ކުށެއް" ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
|
މަޤާމުގެ މަސްއޫލިއްޔަތު: |
1- ކޮމިޝަންގެ ރައީސް ސޮއި ކުރައްވާ ލިޔެކިޔުންތައް ތައްޔާރުކޮށް، އެ ލިޔެކިޔުންތައް ޗެކުކުރުން 2- ކޮމިޝަންގެ ސެކްރެޓޭރިއެޓް ބަލަހައްޓާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން 3- ކޮމިޝަންގެ ރައީސާއި މެމްބަރުންނާއި، ސެކްރެޓަރީ ޖެނެރަލް، އެހެން އޮފީސްތަކާއި އަދި އެހެނިހެން ފަރާތްތަކާއެކު ބާއްވާ ބައްދަލުވުންތަކުގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން 4- ކޮމިޝަނުން ރިވިއުކުރާ އެކިއެކި ޤަވާޢިދުތަކާއި ޤާނޫނުތައް ދިރާސާކުރުމުގެ މަސައްކަތް ކުރުން 5- ޝަރުޢީ ދާއިރާއާ ގުޅުންހުރި ބައިނަލްއަޤުވާމީ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ހުށަހަޅާ ރިޕޯޓުތައް މުރާޖަޢާކުރުން 6- ޔުނިޓުގެ މުވައްޒަފަކު، ނުވަތަ ކޮމިޝަނުގެ އެހެން ސެކްޝަނެއްގެ މުވައްޒަފަކު ބަލިވެ ނުވަތަ އެހެންވެސް ސަބަބަކާހުރެ އޮފީހަށް ނާދެވޭ ހާލެއްގައި ވަގުތީގޮތުން އެފަދަ މަސައްކަތްތައް ކޮށްދިނުން 7- މަތީގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ އިތުރުން މި ކޮމިޝަނުގެ މަސައްކަތްތައް އޮމާންކަމާއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން ކުރުން ނުވަތަ އިންތިޒާމްކޮށް ހަމަޖެއްސުން.
|
މި އިޢުލާންގައިވާ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި |
ނޯޓް: ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކެ 1 ސެޕްޓެމްބަރ 2016 ގެ ފަހުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ލޯކަލް ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ. 3. ވަނަވަރު (ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާ އެ ވަޒީފާތައް އަދާކުރި މުއްދަތާ އަދި އެ ވަޒީފާ ތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ހިމެނޭގޮތަށް) 4. ވަނަވަރުގައި ކުރިން ވަޒީފާ އަދާކޮށްފައިވާކަމަށް ބަޔާންކޮށްފައިވާނަމަ އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަށް (މަޤާމުގެ ނަމާއި ރޭންކް ނުވަތަ ކްލެސިފިކޭޝަން) އެނގޭގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި އެ ވަޒީފާ ތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހުގެ ލިޔުން 5. މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ 6. އިންޓަރންޝިޕަށް އެދޭމީހުންގެ ޢިޤްރާރު
|
ސުންގަޑި |
03 މެއި 2021 ވާ ހޯމަ ދުވަހުގެ 12:30 ގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ހ.ސަކީނާމަންޒިލް / ގްރައުންޑް ފްލޯ) އަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ[email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. |
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. ވަޒީފާއަށް އެދޭ ފޯމް، www.jsc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ކޮމިޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. |