ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)302-E/302/2021/20
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 25 އޭޕްރިލް 2021 13:00
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ހުޅުދުއްފާރު ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތާއިގުޅޭ

މިއިދާރާގެ ނަންބަރ: (IUL)302-E/302/2021/16 (16 މާރޗް 2021) އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ ބިޑްތައް އިވެލުއޭޓް ކުރުމުގެ މަރުޙަލާގައި ބާޠިލްކުރުމާއި ގުޅިގެން، އެއިޢުލާން ބާޠިލްކޮށް ރ. ހުޅުދުއްފާރު ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، ރ.ހުޅުދުއްފާރު ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން، 21 އޭޕްރީލް 2021ވާ ބުދަ ދުވަހުން ފެށިގެން 25 އޭޕްރީލް 2021ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރެއްވުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާނީ 02 މެއި 2021ވާ އާދިއްތަ ދުވަހުގެ 12:00ށް ހުޅުދުއްފާރު ކައުންސިލް އިދާރާއަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތް (ރޯޝަނީ ބިލްޑިންގ، ރޯޝަނީމަގު / ކ.މާލެ) އަށެވެ. ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފަރާތްތަކަށް ހުށަހަޅާ ދުވަހު ބިޑް ޑޮކިއުމަންޓްތައް މެއިލްކުރެވޭނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

 މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 25 އޭޕްރީލް 2021ވާ އާދިއްތަ ދުވަހުގެ 12:00ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބިޑް ހުށަހަޅުއްވާއިރު ބަދަލުގައި މީހަކު ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީއެއް އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

21 އޭޕްރިލް 2021