ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)321-A/321/2021/66
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 02 މޭ 2021 10:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާއާއި މިއިދާރާގެ ވަށައިގެންވާ ގޯތީގެ ސެކިއުރިޓީ 01 އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

                              ނަންބަރު: 321/321/2021/66(IUL)  

އިޢުލާން

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިބެހޭ

މިއިދާރާއާއި، މިއިދާރާގެ ވަށައިގެންވާގޯތީގެ ސެކިއުރިޓީ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

#

ތަފްޞީލް

ތާރީޚް

ގަޑި

ތަން

1

އަންދާސީ ހިސާބު ހުށަހެޅުން

02 މެއި 2021 (އާދީއްތަ)

10:00

ތުޅާދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމް

 

އަންދާސީ ހިސާބު ހުށައެޅުއްވޭނީ ޤާނޫނު ނަންބަރު:12014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނުނު ނަންބަރު:2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށްވުރެ ލަހުން ދުރުވާ ބޭފުޅުންނަށް ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތަކާއި އަދި އަންދާސީ ހިސާބާއިއެކު ހުށަހަޅަން ޖެހޭ ލިޔުންތައް ހަމަނޫން އަންދާސީ ހިސާބުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. މިއިޢުލާނާއެކު މަސައްކަތާއި ބެހޭ މަޢުލޫމާތު ކަރުދާސް ޝާޢިއު ކުރީމެވެ.

09 ރަމަޟާން 1442

21 އޭޕްރިލް 2021