ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)418-AS/418/2021/20
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 12:18
ސުންގަޑި: 29 އޭޕްރިލް 2021 10:30
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަޑެއްލާ ކައުންސިލްގެ އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް އޮފީސް ފަރުނީޗަރތަކެއް ހޯދައި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން:

ނަޑެއްލާ ކައުންސިލްގެ އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް އޮފީސް ފަރުނީޗަރތަކެއް ހޯދައި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން:

 މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް އޮފީސް ފަރުނީޗަރުތަކެއް ހޯދައި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި މަސައްކަތާއިބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ތިރީގައި މިދަންނަވާ ގަޑިތަކުގައި މި އިދާރާގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން ނުވަތަ އީ-މެއިލަކުން އެކަން މި އިދާރާއަށް އަންގަވަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މަޢުލޫމާތު ސާފުކޮށްދިނުން:    26 އޭޕްރިލް 2021 ވާ ހޯމަ ދުވަހުގެ 10:30 ގައި.

އަންދާސީ ހިސާބު ބަލައިގަތުން: 29 އޭޕްރިލް 2021 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ރަމަޟާން 1442      

21 އޭޕްރިލް 2021  

21 އޭޕްރިލް 2021