ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2021/033
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 09:57
ސުންގަޑި: 22 އޭޕްރިލް 2021 13:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނާ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ހެދި މަގުތަކުން ނެގި ރުއްތައް އަދި ގަސްތައް ނީލަން ކިޔުން

ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތްކުރުމަށް ހެދި މަގުތަކުން ނެގި ރުއްތައް އަދި ގަސްތައް ނީލަން ކިޔުން

ފެނާއި ނަރުދަނާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތްކުރުމަށް ހެދި މަގުތަކުން ނަގައިފައިވާ ރުއްތަކާއި ގަސްލަކުޑި ސިޓީލާ ނީލަމުގައި ނީލަން ކިޔުމަށް ވަނީ ނިންމައިފައެވެ. (ކުރީ ނީލަންތަކުގައި ނީލަމުން ތަކެތި ނަންގަވައި އެ ތަކެތި ނުގެންދަވާ ފަރާތްތަކުން އެ ތަކެތި މިއަދު އިރޮއޮއްސި 6 ޖެހުމާ ހަމައަށް ގެންގޮސްފައިނުވާ ނަމަ މި ނީލަމުގައި އެ ތަކެތި ވެސް ދޫކޮށްލެވޭނެ ވާހަކަ އެ ފަރާތްތަކަށް އަންގަމެވެ.)

ވީމާ އިސްވެ ދެންނެވުނު ރުއްތަކާއި ފުނަގަސްތައް ނެގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 އެޕްރީލް 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން މި އިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާއިރު އަގާ އެކު އެ ތަކެތި ނެންގެވުމަށް ހޭދަވާނެ މުއްދަތު ހިމަނުއްވަންވާނެއެވެ. އަދި އަގު ހުށައެޅުއްވޭނީ ފެނާއި ނަރުދަމާގެ މަސައްކަތްކުރުމަށް ޓަކައި ނެގިފައިވާ ހުރިހައި ރުއްތައް އެކުގައި އަދި ހުރިހައި ގަސްލަކުޑި އެކުގައި ދެ ބާވަތަށް ކޮންމެ ބާވަތަކަށް ވަކި ޖުމްލަ އަގެކެވެ.

އަދި ރުއްތައް ނަންގަވާއިރު ރުއްތަކުގެ ބުޑުތައް ނަންގަން ނުޖެހޭނެ ވާހަކަ ވެސް ދަންނަވަމެވެ.

8 ރަމަޟާން 1442ހ.

20 އެޕްރިލް 2021މ.

 

ޙަސަން މުޙައްމަދު

ކައުންސިލްގެ ރައީސް

 

 

20 އޭޕްރިލް 2021