ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)195-A-HR/195/2021/5
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 12:57
ސުންގަޑި: 12 މޭ 2021 13:00
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
މަސައްކަތުގެ ފުރުޞަތު

ޖުޑީޝަލް ޕަރފޯމަންސް އިވެލުއޭޝަން މަސައްކަތް ކުރުމަށްޓަކައި އިވަލުއޭޓަރުންގެ މަޤާމަށް ކުރިމަތުލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަގާމު

 އިވަލުއޭޓަރ

ބޭނުންވާ އަދަދު

 5 (ފަހެއް)

މަސައްކަތް ކުރަންޖެހޭ ތަން

 ޖުޑީޝަލް ސަރވިސް ކޮމިޝަން/ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތައް

ކޮންޓްރެކްޓް މުއްދަތު

 6 މަސް

މުސާރަ

ކޮންމެ ފިޔަވައްސަކަށް -/35,000 (ތިރީސް ފަސްހާސް) ރުފިޔާ، 6 ފިޔަވައްސަކަށް މަސައްކަތް ބަހާލެވިގެންދާނެއެވެ.

 

ނޯޓު: މުސާރައިގެ ފައިސާ ދޫކުރެވޭނީ، މިމަސައްކަތުގެ ލަނޑުދަނޑިތައް ހާސިލް ކުރުމުން ކޮމިޓީގެ ރިއާސަތުން އެމަސައްކަތް ކޮމިޝަނަށް ބަލައިގަތީމައެވެ.

 

ތަޢުލީމި ފެންވަރު

  1. އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ދަށްވެގެން ފުރަތަމަ ޑިގްރީއެއް ފުރިހިމަކޮށްފައިވުމާއިއެކު ޤަނޫނީ ދާއިރާއިން 05 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ ޝަރުޠުތައް

  1. ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން؛
  2. ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛
  3. ޤާނޫނުލްޢުޤޫބާތުގެ ދަށުން ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން؛
  4. އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާއެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުން؛
  5. 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޖިނާއީ ކުށްތަކުގެ އިތުރުން އެހެނިހެން ޖިނާއީ ކުށެއް ސާބިތުވެ ޙުކުމް ތަންފީޛު ކުރަމުންދާ މީހަކު ކަމުގައި ނުވުން؛
  6. ޢުމުރުން 30 (ތިރީސް) އަހަރު ފުރިފައިވުން؛
  7. އިވަލުއޭޓަރުން އިވަލުއޭޓުކުރާ މުއްދަތުގައި އިވެލުއޭޓްކުރެވޭ ފަނޑިޔާރަކު ބަލާ މައްސަލައިގައި ވަކާލާތު ނުކުރުން.

މަސްޢޫލިއްޔަތު

ފަނޑިޔާރުންގެ ޕަރފޯމަންސް އިވެލުއޭޓް ކުރުމަށްޓަކައި މި ކޮމިޝަނުން ކުރުމަށް ކަނޑައަޅާ އެންމެހާ މަސައްކަތްތައް.  

މި މަޤާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ޖުޑީޝަލް ޕަރފޯމަންސް އިވެލުއޭޝަން މަސައްކަތާގުޅޭ މަޢުލޫމާތު ހިއްސާކުރުމަށްޓަކައި އޮންލައިން ސެޝަންއެއް މިއިއުލާނުގެ ސުންގަނޑި ހަމަވުމުގެ ކުރިން ބޭއްވުމަށް ރާވާފައިވާކަން މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

މި އިޢުލާންގައިވާ މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

  1. ފުރިހަމަކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އިވެލުއޭޓަރުންގެ މަޤާމަށް އެދި ހުށަހަޅާ ފޯމް
  2. އިވެލުއޭޓަރުންގެ މަގާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ކުށުގެ ރެކޯޑް ނެތްކަމުގެ އިގްރާރު.
  3. ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ފޯމް
  4. މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ
  5. ވަނަވަރު (ވަނަވަރުގައި ޤާނޫނީ މަސައްކަތް ކުރަންޖެހޭ ވަޒީފާއެއް އަދާކޮށްފައިވާކަމަށް ބަޔާންކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާ އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ސަޕޯޓިންގ ޑޮކިއުމަންޓް)
  6. ޝަރުޢީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދައިގެ ކޮޕީ
  7. ޤާނޫނީ ވަކީލެއްގެ ގޮތުގައި  ކޯޓުތަކުގައި ވަކާލާތުކޮށްފައިވާކަން ނުވަތަ ކުރަމުންދާކަން އެނގޭނެ  ކޯޓުގެ ރަސްމީ ލިޔުމެއް. މި ލިޔުމުގައި އެ ކޯޓެއްގައި އެމީހަކު ޕްރެކްޓިސް ކޮށްފައިވާ މުއްދަތު އެނގެން އޮންނަންވާނެއެވެ.
  8. ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި ލީގަލް މަޤާމެއްގައި މަސައްކަތްކޮށްފައިވާނަމަ، މަސައްކަތްކޮށްފައިވާ މުއްދަތާއި އަދި  ކުރި މަސައްކަތުގެ ތަފްސީލް އެނގޭނޭ ގޮތަށް އެ މުއައްސަސާއަކުން ދީފައިވާ ރަސްމީ ލިޔުމެއް
  9. ރަޖިސްޓްރީކޮށްފައިވާ ލޯ ފާމެއްގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާނަމަ، މަސައްކަތްކޮށްފައިވާ މުއްދަތާއި އަދި އެ މަސައްކަތުގެ ތަފްސީލް އެނގޭނޭ ގޮތަށް އެ ލޯ ފާމަކުން ދީފައިވާ ރަސްމީ ލިޔުމެއް
  10. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި އެހެނިހެން ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓާއެކު

ނޯޓް: ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކެ 1 ސެޕްޓެމްބަރ 2016 ގެ ފަހުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ލޯކަލް ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.

  1. ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި ލީގަލް މަޤާމެއްގައި މަސައްކަތްކޮށްފައިވާނަމަ، މަސައްކަތްކޮށްފައިވާ މުއްދަތާއި އަދި  ކުރި މަސައްކަތުގެ ތަފްސީލް އެނގޭނޭ ގޮތަށް އެ މުއައްސަސާއަކުން ދީފައިވާ ރަސްމީ ލިޔުމެއް
  2. އިވެލުއޭޓަރުގެ މަގާމަށް ކުރިމަތިލާ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫންކަން އެނގޭނޭ، އިލެކްޝަންސް ކޮމިޝަންގެ ލިޔުން
  3. ލޯ ފަރމެއްގެ ނުވަތަ ޤާނޫނީ މަސައްކަތެއް ކުރާ އެއްވެސް ވިޔަފާރިއެއް ކުރާނަމަ ނުވަތަ އެފަދަ ތަނެއްގެ ހިއްސާދާރަކަށް ވާނަމަ އެކަން އެގޭނެ ލިޔުން

އިސްކަން ދޭނެ ތަރްތީބު

މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް މަތީގައިވާ ބަޔާންކޮށްފައިވާ ތަޢުލީމާއި ތަޖުރިބާއެކު އިތުރު އެހެން ދާއިރާތަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާނަމަ، އެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޖުޑީޝަލް ޕަރފޯމަންސް އިވެލުއޭޝަން މަސައްކަތާބެހޭ އޮންލައިން ސެޝަން

ޖުޑީޝަލް ޕަރފޯމަންސް އިވެލުއޭޝަން މަސައްކަތާބެހޭ މަޢުލޫމާތު ހިއްސާކުރުމަށް އޮންލައިންކޮށް ބާއްވާ މަޢުލޫމާތު ސެޝަންގައި ބައިވެރިވުމަށްޓަކައި، މި ސެޝަންގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތުގެ ފުރިހަމަ ނަން، ގުޅޭނެ ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް 28 އެޕްރީލް 2021 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މި މަޢުލޫމާތު ސެޝަން އޮންނާނީ 06 މެއި 2021 ވާ ބުރާސްފަތި ދުވަހު އޮންލައިންކޮންނެވެ.

އިޢުލާނުގެ ސުންގަޑި

މި މަޤާމަށް ކުރިމަތިލުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 12 މެއި 2021 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ހ.ސަކީނާމަންޒިލް / ގްރައުންޑް ފްލޯ) އަށް މި އިޢުލާންގައިވާ މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  1. އިވެލުއޭޓަރުގެ މަޤާމަށް އެދި ހުށަހަޅާ ފޯމުގައި ފުރިހަމަކުރަންޖެހޭ އެއްވެސް މަޢުލޫމާތެއް ފުރިހަމަނޫންނަމަ އަދި ފޯމާއެކު ހުށަހަޅަންޖެހޭކަމަށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ ތަކެތި ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައިނުވާނަމަ އެ ފޯމް ބާތިލްވާނެއެވެ.
  2. އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. އިވެލުއޭޓަރުންގެ މަޤާމަށް އެދޭ ފޯމާއި، އިޤުރާރު އަދި ކުށުގެ ރެކޯޑް ފޯމު www.jsc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ކޮމިޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
20 އޭޕްރިލް 2021