ދިވެހިރާއްޖެ
އިޢުލާނު
ދ. ބަނޑިދޫ ޞިއްޙީ މަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
ދ.ބަނޑިދޫ ކައުންސިލްގެ އިދާރާއިން ދ.ބަނޑިދޫ ޞިއްޙީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް ދ. ބަނޑިދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ތާރީޚް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން (27 އޭޕްރީލް 2021) އަންގާރަ |
11:00ގައި |
ދ. ބަނޑިދޫ ޞިއްޙީމަރުކަޒު |
އަންދާސީ ހިސާބު ހުށަހެޅުން (02 މެއި 2021) އާދިއްތަ |
11:00ގައި |
ދ. ބަނޑިދޫ ޞިއްޙީމަރުކަޒު |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު އައިޑީކާޑު ގެންނެވުމަށް ދަންނަވަމެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ އެއީ ކޮންފަރާތަކުން ބަދަލުގައި ފޮނުވާމީހެއް ކަން ބަޔާންކޮއް ސިޓީއެއް ހުށަހަޅަންވާނެއެވެ. މިފަދަލިޔުމެއްނެތި ހުށައެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
08 ރަމަޝާން 1442
20 އޭޕްރީލް 2021