ދިވެހިރާއްޖެ
އިޢުލާނު
ވަޒީފާގެ ފުރުޞަތު
ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ހޯދަން ބޭނުންވެއްޖެއެވެ.
މަޤާމް |
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ |
|||||
މަޤާމުގެ ނަމްބަރު |
J-297200 |
|||||
ބޭނުންވާ ޢަދަދު |
01 |
|||||
މަޤާމުގެ ގިންތި |
ދާއިމީ |
|||||
މަޤާމުގެ ރޭންކް |
އެމް.އެސް.1 |
|||||
މަޤާމުގެ ކުލެސިފިކޭޝަން |
ސީނިއަރ އޮފިސަރ ގްރޭޑް 1 |
|||||
ވަޒީފާ އަދާކުރަންޖެހޭތަން |
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ |
|||||
މުސާރަ |
5610.00 ރުފިޔާ |
|||||
ސަރވިސް އެލަވަންސް |
2000.00 ރުފިޔާ |
|||||
އެހެނިހެން އެލަވަންސް |
ސަޕޯޓިންގ ކޯ އެލަވަނސް: 700.00 ރުފިޔާ ސިވިލް ސަރވިސް ޤަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ، ވަޒީފާ އާއި ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ. |
|||||
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް: |
1- އިކޮނޮމިކް ޑިވެލޮޕްމަންޓް ޝެކްޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ރެކޯޑް ބެލެހެއްޓުމާއި ހުށަހެޅޭ ސިޓީ، މެސެޖްތަކަށް އެވަގުތަކު ސެކްޝަނާއި ޙަވާލުވެ ހުންނަވާ ވެރިއެއްގެ ލަފާގެ މަތިން ޖަވާބުދިނުން. 2- ވެންޑާ ލިސްޓް ވިޔަ މޮޑިއުލުގައި ރަޖިސްޓްރީ ކުރުމާއި އިދާރާގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނަށް ބޭނުންވާ ތަކެއްޗަށް އެދުމުން އަގު ބަލާ ފޯމު ފުރިހަމަކޮށް ތަކެތީގެ ކޯޓޭޝަން ހޯދުން. 3- ސެކްޝަނަށް ހުށަހެޅޭ ބިލްތަކުގެ ފޯމު ސެޓް ހެދުމާއި ސްކޭންކުރުން އަދި ވިޔަމޮޑިއުލުން ޕީއޯ ތައްޔާރުކުރުމާއި ޕީއޯ ފުރިހަމަ ކުރުމަށް ފަހު ފައިސާ އާއި ބެހޭ ސެކްޝަނާއި ޙަވާލުކުރުން. 4- ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ހުންނަ އިމާރާތްތަކާއި ތަކެތީގެ އިންވެންޓްރީ ފުރިހަމަކުރުމާއި ބެލެހެއްޓުން. 5- ކައުންސިލް އިދާރާއަށް ބޭނުންވާ އެންމެހައިތަކެތި ދަޢުލަތުގެ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތަށް ހޯދާ ބެލެހެއްޓުން 6- ރަށު ފެންވަރުގައި އިޤްތިޞާދު ކުރިއެރުވުމަށާއި އިޤްތިޞާދަށް އަންނަ ބަދަލުތައް ދެނެގަތުމަށް ކުރަންޖެހޭ ދިރާސާތައްކުރުން. 7- ރަށުގައި އިޤްތިޞާދީގޮތުން ކުރެވެން ހުރި މަސައްކަތްތަކަށާއި ބޭނުންވާ ވަޞީލަތްތައް ހޯދައި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުން. 8- ރަށުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުމަށް މަގު ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން ހިންގާ ލުއިލޯނު ޕްރޮގުރާމުތައްކުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުން. 9- ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ނީލަމާއި ބެހޭ އެންމެހާ މަސައްކަތްތައް ކުރުން. 10-ބިޑް ޑޮކިއުމެންޓްތައް ބަލާޗެކްކުރުމާއި ބިޑް އިވެލުއޭޝަން ކޮމިޓީއަށް ފޮނުވާގެން އިވެލުއޭޓް ކުރުމާއި ބިޑް ކޮމިޓީއަށް ހުށަހަޅާ ބިޑްކޮމިޓީން ނިންމުމުން ބިޑް އެވޯޑް ކުރުމާއި ކަމާއިބެހޭ ސަރުކާރުގެ އިދާރާތަކަށް ފޮނުވައި ބެލެހެއްޓުން. 11-ކޮމިއުނިޓީ ޑިވެލޮޕްމަނަޓް ޕްރޮގްރާމްތައް ރާވައި ހިންގުމާއި ދޭދޭ ފަރުދުންގެ އާމްދަނީ އިތުރުކުރުމަށް ކުރެވެންހުރި ކަންތައްތައްބަލައި ޕްރޮގުރާމް ހިންގުން. 12-ދައުލަތުގެ އިޤްތިޞާދީ ތަރައްޤީ އާއި ގުޅޭ ޕްރޮގުރާމްތައް ބަލައި ދިރާސާ ކުރުމާއި އެފަދަ ޕްރޮގުރާމްތައް ރަށުގެ ރައްޔިތުންނަށް ލިބޭނެ މަގު ތަނަވަސްކުރުމަށް މަސައްކަތް ކުރުން. 13-ރަށުގެ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި އެހެނިހެން ޞިނާއަތްތައްކުރިއެރުވުމަށް އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން 14-ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ކައުންސިލަށް އާމްދަނީ ލިބޭ އިމާރާތްތައް ވިޔަފާރި އުޞޫލުން ހިންގުމާއި ބެލެހެއްޓުން. 15-ރަށުގައި އިމްޕޯރޓް މުދާ ވިއްކުމުގެ ލައިސަންސް ދޫކުރުމާއިބެހޭ އެންމެހާއި މަސައްކަތްތައް ކުރުން. 16-އިސްވެ ދެންނެވި ހުރިހާ ކަންކަމާއި ގުޅޭ ގޮތުން ލިޔެ ތައްޔާރު ކުރަންޖެހޭ ސިޓީ ، މެސެޖް ، ބިޑް ޑޮކިއުމެންޓް އަދި ރިޕޯޓްތައް ސެކްޝަނުގެ އިސްވެރިޔާގެ ލަފަޔާއި މަޝްވަރާގެ މަތިން ތައްޔާރުކޮށް ދައުލަތުގެ ކަމާއިބެހޭ އިދާރާތަކަށް ފޮނުވުން. 17-ކައުންސިލް އިން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމަޔަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ކައުންސިލް އިދާރާގެ ސެކެރެޓްރީ ޖެނެރަލްގެ ނުވަތަ ސެކްޝަނުންގެ އިސްވެރިޔާގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން. 18-ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއި ގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ކައުންސިލްގެ ސެކްޓރެޓަރީ ޖެނެރަލަށް ފުރިހަމަޔަށް ޖަވާބު ދާރީވުން. 19-ކައުންސިލް އިދާރާގެ ރަސްމީ މަސައްކަތާއި ގުޅޭ ގޮތުން ޙަވާލު ކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން. |
|||||
މަޤާމުގެ ޝަރުތުތައް |
1- މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގުތަކުން: އެޑްމިނިސްޓްރޭޝަން، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، އިކޮނޮމިކްސް، މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ސޯސަލް ސައިންސް އަދި އާބަން ސްޓަޑީޒް ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން
|
|||||
ހުށަހަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް، ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
|
|||||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ދާއިރާ |
ބެލޭނެ ބައިތައް |
މާކްސް |
އިންސައްތަ (%) |
ކެޓަގަރީގެ ޖުމްލަ އިންސައްތަ |
|
ތަޢުލީމާއި ތަމްރީނު |
ލިބިފައިވާ ތަޢުލީމް |
65 |
35 |
40 |
||
މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން |
30 |
5 |
||||
އިމްތިޙާން |
''ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން'' |
12 |
5 |
5 |
||
މަސައްކަތުގެ ތަޖުރިބާ |
މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ |
23 |
15 |
15 |
||
ލިބިފައިވާ ހުނަރު |
އިންޓަރވިއު / ޕްރެޒެންޓޭޝަން / ޕްރެކްޓިކަލްސް |
100 |
40 |
40 |
||
ޖުމްލަ |
230 |
100 |
100 |
|||
|
ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ. |
|||||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހައަޅަންޖޭހޭ ތަކެތި ހުށަހަޅާނީ 28 އޭޕްރީލް 2021 (ބުދަ) ދުވަހުގެ 13:00 ދުވަހުގެ ކުރިން ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ: [email protected] ނުވަތަ [email protected] އަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅާފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. |
|||||
ޝޯޓް ލިސްޓް ކުރުން: |
މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާރކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ. |
|||||
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު: |
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 29 އޭޕްރީލް 2021 ން 10 މެއި 2021 އާއި ދެމެދު ފާދިއްޕޮޅު ކުރެންދޫ ކައުންސިލް އިދާރާގައެވެ. ވުމާއިއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެ ތިބުން އެދެމެވެ. އިންޓަރވިއު ބާއްވާނެ ތަނާއި ދުވަހަށް ބަދަލު އަތުވެއްޖެނަމަ އެކަން ހުރިހާ ފަރާތްތަކަށް އެންގޭނެއެވެ.
|
|||||
''ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)'' ޢާންމުކުރުން: |
އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް A2) ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑު އަދި ކައުންސިލުގެ ފޭސްބުކު ޕޭޖުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|||||
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީ ގަޑީގައި މި އިދާރާގެ 6620450،6620460 ނަންބަރު ފޯނަށެވެ. އީމެއިލް ކުރާނީ [email protected] ނުވަތަ [email protected]އަށެވެ. ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ '' އައްޔަންކުރުމުގެ އުޞޫލާގުޅޭ'' (http://www.csc.gov.mv/dv/recruitment-usool) އިން ލިބެން ހުންނާނެއެވެ. |