މަސައްކަތް
ނަންބަރު: (IUL)471-CDS3/1/2021/68
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި:
29 އޭޕްރިލް 2021 11:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް 01 އަހަރުދުވަހުގެ މުއްދަތަށް ލީގަލް އެޑްވައިސްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
- މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް 01 އަހަރުދުވަހުގެ މުއްދަތަށް ލީގަލް އެޑްވައިސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 27 އެޕްރީލް 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] ނުވަތަ [email protected]އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.
- ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 29 އެޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.
މި ދުވަސްވަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް ޢަމަލު ކުރުމަށް ދަންނަވަމެވެ.
20 އޭޕްރިލް 2021