މަސައްކަތް
ނަންބަރު: GS111/IUL/2021/01
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 10:39
ސުންގަޑި: 02 މޭ 2021 11:30
ހެނބަދޫ ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

މި އިޢުލާންވަނީ 29 އޭޕްރިލް 2021 10:50 ގައި ބާތިލް ކުރެވިފައެވެ.


2021 އަދި 2022 ވަނަ އަހަރުގެ ދިރާސީ އަހަރަށް ބޭނުންވާނެ އެކްޓިވިޓީ ޔުނިފޯމް މި ސުކޫލުންދޭ ނަމޫނާއަކާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.  

މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

 ވީމާ މި ބީލަމުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2021 އޭޕްރީލް 21 ން 25 ގެ މެންދުރު 12:00 ކުރިން ހެނބަދޫ ސްކޫލާއި ގުޅުއްވައިގެން ނަންނޯޓު ކުރުމަށް ދަންނަވަމެވެ.

 

މިބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2021 އޭޕްރީލް  27 ވާ އަންގާރަ ދުވަހު 11:00 ގައި ހެނބަދޫ ސްކޫލުގައެވެ.

މި ޕްރޮޖެކްޓާ ގުޅޭ ބީލަން ފޮތާއި މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ހިމެނިފައިވާނެއެވެ. އަދި ބީލަމުގައި ބައިވެރިވެވޭނީ ދެވިފައިވާ މުއްދަތުގައި ނަންނޯޓުކޮށް މަޢުލޫމާތު ސާފުކުރުމަށް ހާޟިރުވާ ފަރާތްތަކަށެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި ބިޑް ހުށަހެޅުމަށް އެހެން ފަރާތެއް ފޮނުވާނަމަ، ފޮނުވަންވާނީ އެކަން އެނގޭފަދަ ލިޔުމަކާ އެކުގައެވެ.

ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  2021 މެއި 2 ވަނަ ދުވަހުގެ 11:30 ގައި  ހެނބަދޫ ސްކޫލު އޮފީހުގައެވެ.

20 އޭޕްރިލް 2021