ދިވެހިރާއްޖެ
| މަޤާމް :އާކިޓެކްޓް | |
|---|---|
| ބޭނުންވާ އަދަދު :1 | |
|
މުސާރ: |
-/13000 |
|
އެހެނިހެން އިނާޔަތްތައް: |
10،000ރ– 12،000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ. އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|
މުއްދަތު: |
01 އަހަރު ކޮންޓްރެކްޓް |
|
ޝަރުތު: |
- ބެޗްލަރސް ޑިގްރީ އިން އާކިޓެކްޗަރ ހާސިލް ކޮށްފައިވުން ނުވަތަ މަސައްކަތާއި ގުޅޭދާއިރާއަކުން ޑިގްރީ ޙާސިލްކޮށްފައިވުމާއި އެކު 01 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިަފައިވުން. |
|
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު: |
- ކުންފުނީން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ ކޮންސެޕްޓް ޑްރޯވިންގ، އާކިޓެކްޗަރަލް ޑްރޯވިންގ ތައްޔާރުކުރުން. - ކުންފުނީގެ ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ އިންޓީރިއަރ ޑިޒައިން ކުރުން. - ކުންފުނީން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ 3D ޑްރޯވިންގ ތައްޔާރުކުރުން. -ޕްރޮޖެކްޓްތަކުގެ ބަޖެޓް އެޕްރޫވް ކުރުމަށް ބޭނުންވާ ކޮސްޓް އެސްޓިމޭޝަން ތައްޔާރުކުރުން. - ކުންފުނީން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ މީޓިންގތައް ޝެޑިއުލްކޮށް، ޕްރޮޖެކްޓް ތަކުގެ ރިޕޯޓްތައް ތައްޔާރުކުރުން އަދި ސައިޓް ވިޒިޓް ކުރިއަށްގެންދިއުން. |
|
މަސައްކަތްކުރަންޖެހޭ ވަގުތު: |
ދުވާލަކު 08 ގަޑިއިރު |
|
މަސައްކަތްކުރަންޖެހޭ ތަން: |
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް |
|
ސުންގަޑި: |
2021 އެޕްރީލު 27 އަންގާރަ ދުވަހުގެ 14:00ގެ ކުރިން. |
|
އިންޓަރވިއު މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 މެއި 01 އާއި މެއި 15 އާއި ދެމެދުގައެވެ. |
|
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި: |
- މަޤާމަށް އެދިހުށަހަޅާ ފޯމް - ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ) - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް |
|
ހުށަހަޅަންޖެހޭ އޮފީސް: |
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު) ވަޒީފާއަށް އެދޭ ފޯމް މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected] |
|
ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ. |
|