ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)251/251/2021/36
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 16:11
ސުންގަޑި: 19 މޭ 2021 13:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައުސިންގ ޔުނިޓް ރަޖިސްޓަރީ ހެއްދުމާ ގުޅޭ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން މިރަށުގައި ޢިމާރާތްކޮށް ނިމިފައިވާ 250 ހައުސިންގ ޔުނިޓްގެ ތެރެއިން، މިހާރު ދޫކުރެވިފައިވާ 245 ހައުސިންގ ޔުނިޓް ލިބިލެއްވި ފަރާތްތަކުން، އެފަރާތްތަކުގެ ނަމުގައި ހައުސިންގ ޔުނިޓް ރަޖިސްޓަރީ ކުރުމަށް މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތައް ވަނީ ހުޅުވާލެވިފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއިން "ޢިމާރާތާއި ގޯތި ރަޖިސްޓްރީކުރުމަށް އެދި ހުށަހަޅާ ފޯމް" ނަންގަވާ ފުރިހަމަ ކުރެއްވުމަށްފަހު ރަޖިސްޓަރީ ހެއްދުމަށް ދައްކަވަންޖެހޭ ފީ ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގެ އެކައުންޓް ނަންބަރު 001 700364 7714 ( 1289 ރެވެނިއު 1 ) އ/ކ އަށް -/250 ރުފިޔާގެ ފީ އެއް ދައްކަވާ ފޯމް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

އަދި ދަންނަވަމެވެ. ހައުސިންގ ޔުނިޓްތަކަށް މިހާރު ދީފައިވާ ނަންބަރުގެ ބަދަލުގައި ނަން ކިޔުމަށް އެދޭ ފަރާތްތަކުން ހައުސިންގ ޔުނިޓް ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމުގައި ނަން ޖެއްސެވުމަށްފަހު ފޯމް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

އަދި މިހާރު ދޫކުރެވިފައިވާ ހައުސިންގ ޔުނިޓްތަކަކީ އެޗް. ޑީ. އެފް. ސީ އަށް ދިގުމުއްދަތަކަށް ފައިސާ ދައްކާ ނިންމާ ގޮތަށް ދޫކުރެވިފައިވާ ހައުސިންގ ޔުނިޓްތަކަށް ވުމާއިއެކު، މި ހައުސިންގ ޔުނިޓްތަކަށް ހައްދާ ރަޖިސްޓަރީގެ އަޞްލު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ބޭނުމަށް ނެގޭނެ ކަމާއި މި ރަޖިސްޓަރީގެ ކޮޕީ އެއް ހައުސިންގ ޔުނިޓްގެ ވެރިފަރާތަށް ލިބިލައްވާނެ ކަމުގައި ދެންނެވީމެވެ.   

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

18 އޭޕްރިލް 2021