ދިވެހިރާއްޖެ
ނަމްބަރު: 12(IUL)GAAH/GAAH/2021/
އިއުލާން
މި ހޮސްޕިޓަލުން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
މި ހޮސްޕިޓަލަށް 24 ކޮމްޕިއުޓަރ އަދި 02 ޕްރިންޓަރ ގަތުމަށް ބޭނުންވެއްޖެ އެވެ.
ވީމާ، މިކަަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 އެޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އަށް ގއ އަތޮޅު ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން މައުލޫމާތް ސާފުކުރެއްވުމަށްފަހު 05 މެއި 2021 ވަނަ ބުދަ ދުވަހުގެ 13:00 އަށް ގއ އަތޮޅު ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހަޅެއްވުން އެދެމެވެ.
މައުލޫމާތް ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބްތައް އަދި ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭ ވާހަކަވެސް ދަންނަވަމެވެ. އަދި އަންދާސީ ހިސާބް ހުށަހެޅެއްވޭނީ މައުލޫމާތް ސާފުކުރެއްވުމުގައި ބައިވެރިވެ ލެއްވި ފަރާތްތަކަށެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިއުލާން ކުރީމެވެ.
20 އެޕްރީލް 2021 މ.
7 ރަމަޟަން 1442 ހ.