ޢާންމު މަޢުލޫމާތު
ނަންބަރު: 03/2021/(IUL)P2C
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 12:02
ސުންގަޑި: 22 އޭޕްރިލް 2021 11:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިކޯޓުގައި 04 އޭސީ އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން

މިކޯޓުގައި 04 އޭސީ އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން

މިކޯޓުގެ ހަތަރު ތަނެއްގައި ހަރުކުރެވިފައި ހުރި އޭސީތައް ނައްޓައި އެ އޭސީގެ ބަދަލުގައި އައު އޭސީ ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

 

ހަރުކުރަންޖެހޭ އޭސީތަކުގެ މައުލޫމާތު ތިރީގައި އެވަނީއެވެ.

#

ބްރޭންޑް / ސައިޒު

1

AUX 9000BTU

2

AUX 24000BTU

3

AUX 24000BTU

4

HITACHI 18000BTU

 

ވީމާ، އަމިއްލަތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 އެޕްރީލް 2021 ވަނަ ދުވަހުގެ 10:30 ގެ ކުރިން 9553003 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ހަމައެދުވަހުގެ (22 އެޕްރީލް 2021)  11:00 އަށް މިކޯޓަށް ޙާޟިރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. 

 

މަޢުލޫމާތު

  1. ކޯޓުން އޭސީ އާއި ބްރެކެޓް ފޯރުކޮށްދޭނެއެވެ.
  2. މިހާރު ހަރުކުރެވިފައި ހުރި އޭސީތައް ނައްޓަންވާނެއެވެ. އަދި އެއޭސީތަކުގެ އިންޑޯ ޔުނިޓާއި އައުޓްޑޯ ޔުނިޓް ހަރުކޮށްފައިހުރި ބްރެކެޓްވެސް ނައްޓަށްވާނެއެވެ.
  3. އިންޑޯއާއި އައުޓްޑޯއަށް އަޅާފައިވާ ހޮޅިލައިން ފޮރުވަން ކޭސިންފަތި އަޅަންވާނެއެވެ. (ކޯޓުން ކޭސިންފަތި ފޯރުކޮށްދޭނެއެވެ.)
  4. ކޯޓޭޝަނުގައި މަސައްކަތް ކުރެވޭނެ އަގާއި މަސައްކަތުގެ މުއްދަތު ބަޔާންކޮށްފައި އޮންނަށް ވާނެއެވެ.
  5. މިކަމަށް ކުރިމަތިލަނީ ކުންފުންޏެއް (ޕާރޓްނަރޝިޕެއް) ނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަން ވާނެއެވެ. އަމިއްލަ ފަރާތަކުން ނަމަ، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ/ އައިޑީކާޑު ހުށަހަޅަންވާނެއެވެ.
  6. މަސައްކަތް ހަވާލުކުރެވޭނީ މިމަސައްކަތް ކުރުމަށް އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.
19 އޭޕްރިލް 2021