މަސައްކަތް
ނަންބަރު: (IUL)RS/1/2021/42
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 11:06
ސުންގަޑި: 22 އޭޕްރިލް 2021 12:00
ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ބީލަންހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލުން

ރެހެންދި ސްކޫލް ލައިބްރަރީއަށް ބުކްޝެލްފާއި ޓްރޮލީ ހޯދަން ބޭނުންވެއްޖެ

މިސްކޫލުގެ ލައިބްރަރީއަށް ބުކްޝެލްފާއި ޓްރޮލީ ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)RS/1/2021/31 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

  1. މިޕުރޮޖެކްޓަށް ބީލަންހުށަހެޅޭނީ މިނިސްޓްރީ އޮފް އެކޮނޮމިކްސް ޑިވޮލަޕްމެންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
  2. މިޕުރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 19 އޭޕްރިލް 2021 ން 22 އޭޕްރިލް 2021 12:00 ގެ ކުރިން އިއުލާންގައި އެއްކަރުދާސްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށް ފަހު ތިރީގައިވާ ލިންކު މެދުވެރިކޮށް ހުށަހެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  3. މިމަސައްކަތާއިބެހޭ އެއްވެސް ސުވާލެއްވާނަމަ 2021 އޭޕްރިލް 25 ވަނަ ދުވަހުގެ 12:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ 2021 އޭޕްރިލް 28 ވާ ބުދަ ދުވަހުގެ 10:00 ގައި  ރެހެންދި ސްކޫލުގެ ފައިސާއާބެހޭބައިގައެވެ.
  5. އިއުލާނާއި އެކު މިމަސައްކަތުގެ ރެޖިސްޓްރީ ފޯމް އަދި ބީލަންފޮތް (ޖަދުވަލްތަކާއެކު) އެއްކަރުދާސް ކުރެވިފައިވާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ރެހެންދި ސްކޫލް ފައިސާއާބެހޭބައި

ފޯން:  3359902، 3359900

އީ-މެއިލް: [email protected]

 

19 އޭޕްރިލް 2021

19 އޭޕްރިލް 2021