މަސައްކަތް
ނަންބަރު: (IUL)257/257/2021/15
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 10:40
ސުންގަޑި: 11 މޭ 2021 11:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ބާރަށުގައި ފުޓްސަލް ދަނޑެއް ޤާއިމުކުރުމާއިގުޅޭ.

ހއ.ބާރަށުގައި ފުޓުސަލް ދަނޑެއް ޤާއިމުކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                    ވީމާ އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމާއި ގުޅޭ މަޢުލޫމާތުކަރުދާސް (ބީލަންފޮތް) ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

                    ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުންް މިކައުންސިލް އިދާރާގެ އީމެއިލް [email protected] އަށް މަޢުލޫމާތު ފޮނުވައިގެން ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރެވުނުކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

ރަޖިސްޓަރ ކުރުމަށް ފޮނުވާ މެއިލްގައި ކޮންމެހެން ހިމަނަންޖެހޭނެ މަޢުލޫމާތު:

  1. އިޢުލާން ނަމްބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
  2. ބީލަން ހުށަހަޅާ ފަރާތުގެ/ކުންފުނީގެ/ވިޔަފާރީގެ ނަމާއި ރަޖިސްޓްރޭޝަން ނަމްބަރު.
  3. ގުޅޭނެ ފޯނު ނަމްބަރު:
  4. އީމެއިލް އެޑްރެސް: (ބީލަން ފޮތް ފޮނުވާނެ އީމެއިލް)
  5. އީމެއިލް ފޮނުވާ ފަރާތުގެ ނަމާއި މަޤާމު:

 

ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރުން.

29 އޭޕްރީލް 2021 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް.

ޕްރި-ބިޑް ބައްދަލުވުން.

02 މެއި 2021 ވަނަ ދުވަހުގެ 11:00 ގައި ހއ.ބާރަށު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި:

ބީލަން ބަލައިގަތުން.

11 މެއި 2021 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް.

ބީލަންތައް ހުޅުވުން.

11 މެއި 2021 ވަނަ ދުވަހުގެ 11:00 ގައި ހއ.ބާރަށު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި.

                     ޕްރި-ބިޑް ބައްދަލުވުމުގައި ބައިވެރިވުމަށާއި، ބީލަން ހުށަހެޅުއްވުމަށް އަދި ބިލަންހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 6500016،6500172 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                    ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާން ކުރީމެވެ.

                     19 އޭޕްރީލް 2021

19 އޭޕްރިލް 2021