ދިވެހިރާއްޖެ
ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސާރވިސަސް ކ.ގުރައިދޫ،ދިވެހިރާއްޖެ. ނަންބަރު: HPSN-IL/2021/01
އިޢްލާން އަންދާސީހިސާބު ބޭނުންވެއްޖެ. މިމަރުކަޒުން މުވައްޒަފުންނަށް ބޭނުންވާ ޔުނީފޯމް މިމަރުކަޒުންދޭ ނަމޫނާ އާއި އެއްގޮތަށް މިމަރުކަޒަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ. ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 އޭޕްރިލް 2021 ވާ ހޯމަ ދުވަހުގެ 11:00 އަށް މިމަރުކަޒަށް އަދި މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސާރވިސަސްއަށް ވަޑައިގެން މަޢްލޫމާތު ސާފުކުރެއްވުމަށްފަހު 04 މެއި 2021 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި މަރުކަޒަށް އަދި މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސާރވިސަސްއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިވެ ވަޑައިގަނެވޭނީ މަޢްލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި މަޢްލޫމާތަށްޓަކައި ދެންނެވީމެވެ. 07 ރަމަޟާން 1442 |