މަސައްކަތް
ނަންބަރު: (IUL)251-CA/251/2021/37
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 28 އޭޕްރިލް 2021 13:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަދަރުސަތުލް ޣާޒީ މުޙައްމަދު ޕްރީ ސްކޫލްގެ ޔުނީފޯމް ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި ކައުންސިލްގެ ދަށުން ހިންގަމުންދާ ޣާޒީ މުޙައްމަދު ޕްރީސްކޫލްގެ ޔުނީފޯމް, މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތަށް ބީލަން ރަޖިސްޓަރީ ކުރައްވާ ކަނޑައެޅިފައިވާ ގަޑިއަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލަށް ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

19 އެޕްރީލް 2021 އިން 28 އެޕްރީލް 2021 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އަށް ދިއްދޫ ކައުންސިލްގެ ރިސެޕްޝަނަށް ބީލަން ރަޖިސްޓަރީކުރުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓަރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެން.

 

 މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 29 އެޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ 10:45 ގައި ހއ. ދިއްދޫ ކައުންސިލްގެ އިދާރާގައި.

 

ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން އޮންނާނީ  06 މެއި  2021 ވާ ބުރާސްފަތި ދުވަހުގެ 10:45 ގައި ހއ. ދިއްދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

 

މި މަސައްކަތާ ގުޅޭ ބީލަން ރަޖިސްޓްރީކުރާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500019 ފޯން އާއެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

18 އޭޕްރިލް 2021