ޢާންމު މަޢުލޫމާތު
ނަންބަރު: IUL)138/138/2014/41
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2014
ޕަބްލިޝްކުރި ގަޑި: 15:45
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ފްލެޓް ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކަށް އެދި ފޯމު ހުށަހެޅުމާބެހޭ

އިޢުލާން

"ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން މާލޭގެ ރަށްވެހިންނަށާއި މާލެއަށް ދިރިއުޅުން ބަދަލުކޮށްގެން ގިނަ ދުވަހު އުޅެމުންގެންދާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހިންގޭ ފްލެޓް ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކަށް އެދި ފޯމު ހުށަހަޅާއިރު ފޯމު ހުށަހަޅާ ފަރާތުން ދިރިއުޅެމުންދާ ތަނުގައި ދިރިއުޅޭކަން ސާބިތުކުރުމަށް ކުލީގެ އެއްބަސްވުމުގެ ކޮޕީ ނުވަތަ ތަނުގެ ވެރިފަރާތުގެ ލިޔުން ހުށަހަޅަން ޖެހެއެވެ. ނަމަވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތަކުގައި ކުއްޔަށް އުޅޭ ފަރާތްތަކަށް އެއްބަސްވުމެއް ނުވަތަ ވެރިފަރާތުގެ ލިޔުމެއް ނުލިބޭކަމުގެ ގިނަ ޝަކުވާތަކެއް މިނިސްޓްރީއަށް ދަނީ ލިބެމުންނެވެ.

ވީމާ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ދޫކޮށްފައިވާ ފްލެޓެއްގައި ކުއްޔަށް އުޅޭ ފަރާތްތަކަށް އެއްބަސްވުމުގެ ކޮޕީއެއް ނުވަތަ ވެރިފަރާތުގެ ލިޔުމެއް ނުލިބޭނަމަ، އެ ތަނެއްގައި އެ ފަރާތަކުން ދިރިއުޅެމުންދާ ކަމާއި، ދައްކަމުންގެންދާ ކުލި އެނގޭނެ ގޮތަށް ގޭގައި ދިރިއުޅެމުންގެންދާ ފަރާތްތަކާއި އިތުރު ދެހެކިވެރިންގެ ތިރީގައި މިދަންނަވާ މަޢުލޫމާތު ހިމެނޭގޮތަށް ލިޔުން ހުށަހެޅުމުން ފޯމު ބަލައިގަނެވޭނެ ވާހަކަ ދަންނަވަމަވެ. ލިޔުމާއެކު އެ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

- ނަން (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައި ވާގޮތަށް)

- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު

- ދާއިމީ އެޑްރެސް

- ވަޒީފާ އަދާކުރާތަން / ތަޢުލީމް ހާސިލުކުރަމުންގެންދާ ތަން

- ފޯން ނަންބަރު

- ސޮއި އަދި އިނގިލީގެ ނިޝާން

25  މޭ 2014

25 މޭ 2014