ދިވެހިރާއްޖެ
1442 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާބެހޭ
މިއަހަރު ރަމަޟާން މަހު ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ރަމަޟާން 1442 (14 އެޕްރީލް 2021) އިން ފެށިގެން 28 ރަމަޟާން 1442 (10 މޭ 2021) ވާ ހޯމަ ދުވަހުގެ 13:00ގެ ނިޔަލަށެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރު ތެރޭގައި އެ ރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި ޢާއްމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ގޮވާމުގެ އަގަށްވާ ފައިސާއިންނެވެ. މިއިދާރާއިން މިއަހަރު ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބޭންކް ޓްރާންސްފަރ މެދުވެރިކޮށް އެކަންޏެވެ.
މި ރަށުގައި ދިރިއުޅޭ މީހުން ޒަކާތްދައްކާނީ އަންނަނިވި އަގުތަކުންނެވެ.
ބާވަތް |
ރޭޓް (މީހަކަށް ދައްކަންޖެހޭ ފައިސާ) |
އާދައިގެ ހަނޑޫ |
12.00 (ބާރަ ރުފިޔާ) |
ތައިލެންޑު ހުދުހަނޑޫ |
46.00 (ސާޅީސް ހަރުފިޔާ) |
ބާސްމަތީ އާދައިގެ ހަނޑޫ |
52.00 (ފަންސާސް ދެރުފިޔާ) |
ބާސްމަތީ މޮޅު ހަނޑޫ |
82.00 (އަށްޑިހަ ދެރުފިޔާ) |
ރަތް ހަނޑޫ |
72.00 (ހަތްދިހަ ދެރުފިޔާ) |
އާދައިގެ ފުށް |
10.00 (ދިހަ ރުފިޔާ) |
އާޓާ ފުށް |
60.00 (ފަސްދޮޅަސް ރުފިޔާ) |
ފައިސާ ޓްރާންސްފަރ ކުރަންޖެހޭ އެކައުންޓް ނަންބަރާއި އ/ކ.ގެ ނަން:
އެކައުންޓް ނަން |
އެކައުންޓް ނަންބަރު |
1284 KHARADHU 2 |
7714700310004 |
ޒަކާތަށްވާ ފައިސާ ޓްރާންސްފަރ ކުރެއްވުމަށްފަހު 7943644 އަށް ސްލިޕްކޮޅު ވައިބަރ ކުރެއްވުން އެދެމެވެ. ފައިސާ ޓްރާންސްފަރ ކުރައްވާއިރު ތަފްޞީލް (ރިމާރކްސް) ގައި ގޭގެ ނަމާއި މީހުންގެ ޢަދަދު އަދި ބާވަތް (އާދައިގެ ހަނޑޫ، ތައިލެންޑު ހުދުހަނޑޫ، ބާސްމަތީ އާދައިގެ ހަނޑޫ، ބާސްމަތީ މޮޅު ހަނޑޫ، ރަތް ހަނޑޫ، އާދައިގެ ފުށް، އާޓާ ފުށް) މިއިން ބާވަތެއްގެ ނަން ޖެއްސެވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.