ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)378/378/2021/12
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 13:04
ސުންގަޑި: 10 މޭ 2021 12:00
ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1442 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާބެހޭ

1442ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ

          1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ 2 ވަނަ ދުވަހުން ފެށިގެން (14 އޭޕްރީލް 2021)، ރަމަޟާން މަހުގެ 28 ވަނަ ދުވަހުގެ (10 މެއި 2021) 12:00 ގެ ނިޔަލަށް މި ކައުންސިލަށް ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށްކަމުގައި ދަންނަވަމެވެ.

        ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ މިންވަރެވެ. ޒަކާތް ނެރޭނީ އަހަރު ތެރޭގައި އާންމުކޮށް ކައިއުޅުނު ބާވަތްތަކުން 2.4 ކިލޯގެ އަގެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ ގޮވާމުގެ އަގަށްވާ ފައިސާއިން ނެވެ. ޒަކާތް ދެއްކުމުގައި އޮޅިގެން އެއް ގެއެއްގައި ދިރިއުޅޭ މީހުންނަށް ދެފަހަރަށް ޒަކާތް ދެއްކޭގޮތް ވާތީ، ޒަކާތް ދެއްކުމުގެ ކުރިން އެ ގެއެއްގައި ދިރިއުޅޭ މީހުންނަށް ޒަކާތް ދައްކާފައި ނުވާކަން ޔަޤީކުރައްވައި ޒަކާތް ދެއްކެވުން އެދެމެވެ.

ޒަކާތް ދެއްކުމަށް ހަމަޖެހިފައިވާ އަގުތައް(މީހަކަށް) 

މީހަކަށް

އާދައިގެ ހަނޑޫ

ތައިލެނޑް ހަނޑޫ

ރަތްހަނޑޫ

ބާސްމަތީ އާދައިގެ ހަނޑޫ

ބާސްމަތީ މޮޅު ހަނޑޫ

ބާސްމަތީ އެންމެ މޮޅު ހަނޑޫ

އާދައިގެ ފުށް

އާޓާފުށް

2.4ކިލޯ

-/12 ރުފިޔާ

-/43 ރުފިޔާ

-/72 ރުފިޔާ

-/64 ރުފިޔާ

-/72 ރުފިޔާ

-/94 ރުފިޔާ

-/9 ރުފިޔާ

-/56 ރުފިޔާ

           އޮންލައިން ބޭންކްގެ ޚިދުމަތް މެދުވެރިކޮށް ފައިސާ ދައްކާނީ ތިރީގައިވާ އެކައުންޓަށް ޒަކާތަށް ދައްކަން ޖެހޭ މިންވަރަށެވެ. ފައިސާ ޖަމާކުރެއްވުމަށްފަހު ފައިސާ ޖަމާކުރިކަމުގެ ސްލިޕް، ނަންބަރު 9896658 އަށް ވައިބަރ ކުރެއްވުން ނުވަތަ [email protected] މެއިލް ކުރެއްވުން އެދެމެވެ. ސްލިޕް ފޮނުއްވާއިރު ފައިސާ ދެއްކި މީހުންގެ އަދަދު، ގޭގެ ނަން އަދި ފައިސާ ޖަމާކުރާފަރާތުގެ އައިޑީކާޑް ނަންބަރު ލިޔުއްވުން އެދެމެވެ.

  • އެކައުންޓް ނަން:     1427 ރެވެނިއު 2
  • އެކައުންޓް ނަންބަރު: 7723700425002

ވީމާ، މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.

14 އޭޕްރިލް 2021