ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)258/2021/19
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 10:48
ސުންގަޑި: 09 މޭ 2021 12:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1442 ވަނަ އަހަރުގެ ފިތުރުޒަކާތް ބަލައިގަތުން

މި އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން 03 ރަމަޟާން 1442 ދުވަހުން ފެށިގެން 27 ރަމަޟާން 1441 (09 މެއި 2021) ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ފިޠުރު ޒަކާތުގެ ފައިސާ ބަލައިގަތުމަށްވަނީ ހަމަޖެހިފައެވެ. ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރު ތެރޭގައި އާންމުކޮށްކައި އުޅުނު ބާވަތަކުން (ގޮވާމުން) އެ ރަށެއްގައި 2.4 ކިލޯގެ މިންވަރަށެވެ. ނުވަތަ އެ އަދަދަށްވާ ފައިސާއެވެ.

                    

  1. އާދައިގެ ހަނޑުލުންނަމަ މީހަކަށް.                      11.40 ރ
  2. ތައިލެންޑް ހުދު ހަނޑުލުންނަމަ މީހަކަށް.                  32.20 ރ
  3. ބާސްމަތީ ހަނޑުލުންނަމަ މީހަކަށް.                      88.80 ރ
  4. ރަތް ހަނޑުލުންނަމަ މީހަކަށް.                         84.00 ރ
  5. އާދައިގެ ފުއްނަމަ މީހަކަށް.                          9.00 ރ
  6. އާޓާ ފުއްނަމަ މީހަކަށް.                            55.20 ރ

 

ފިތުރު ޒަކާތުގެ ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 12:00 އަށެވެ.  

                ވީމާ މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.         

14 އޭޕްރިލް 2021