ވަޒީފާގެ ފުރުޞަތު
ނަންބަރު: 200-VTR/IU/2021/10
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 10:39
ސުންގަޑި: 22 އޭޕްރިލް 2021 13:30
ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
އައިޓީ އޮފިސަރ

މި ޓްރައިބިއުނަލްގެ އައިޓީ އޮފިސަރުގެ މަޤާމަށް މީހަކު ހޯދުމަށް ކުރި ނަންބަރު: 200-VTR/IU/2021/09 (01 އޭޕްރީލް 2021) އިޢުލާނާ ގުޅިގެން މި މަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކުން އެކަށީގެންވާ އަދަދަކަށް ކުރިމަތިލައްވާފައިނުވާތީ އެމަޤާމަށް އަލުން ހުޅުވާލަމެވެ.  

މަޤާމް:            އައި.ޓީ އޮފިސަރ

މަޤާމުގެ ބާވަތް:       ދާއިމީ

ޢަދަދު:              01

މުސާރަ:             -/7875

ސަރވިސް އެލަވަންސް:   -/2000

ނޮން-ޕްރެކްޓިސް އެލަވަންސް:  މުސާރައިގެ %45

މަޤާމުގެ މަސްއޫލިއްޔަތު: 

1. ޓްރައިބިއުނަލުގެ ކޮމްޕިއުޓަރ ނެޓްވޯކް ޤާއިމްކޮށް ބެލެހެއްޓުމާއި، ނެޓްވޯކަށާއި ކޮމްޕިއުޓަރުތަކަށް ދިމާވާ މައްސަލަތައް ބަލައި ޙައްލުކުރުން.

2. ޓްރައިބިއުނަލުގެ ވެބްސައިޓް ޑިވޮލޮޕްކުރުމުގެ މަސައްކަތް ކުރުމާއި އަޕްޑޭޓްކޮށް ބެލެހެއްޓުން.

3. ޓްރައިބިއުނަލުގައި ބޭނުންކުރެވޭނޭ ސޮފްޓްވެއަރތަކުގެ ރިކުއަރމެންޓްސްއާ، ސްޕެސިފިކޭޝަންތައް ކަމާބެހޭ މުވައްޒަފުންގެ މަޝްވަރާއާއިއެކު، ތައްޔާރުކުރުމާއި، މިފަދަ ސޮފްޓްވެއަރތައް ބޭނުންކުރުމުގައި މުވައްޒަފުންނަށް އެހީތެރިވެދިނުން.

4. ޓެކްނޮލޮޖީގެ ދާއިރާގައި ޓްރައިބިއުނަލުގެ މުވައްޒަފުންނަށް ތަމްރީނުދޭން ޖެހިއްޖެ ހިނދެއްގައި އެކަން ރާވާ އިންތިޒާމް ކުރުން.

5. ޓްރައިބިއުނަލުން ހިންގާ އެކިއެކި ޙަރަކާތްތަކުގައިއާއި، މައްސަލަތަކުގެ އަޑުއެހުންތަކުގައިއާއި، ބާއްވާ ބައްދަލުވުންތަކުގެ މަލްޓިމީޑިޔާއާއި، ސައުންޑާއި، ރެކޯރޑިންގ ކަންތައް ރާވާ އިންތިޒާމްކުރުން.

6. ޓްރައިބިއުނަލުގެ މަސައްކަތްތައް ރާވާ ހިންގުމުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނޭ ގޮތްތަކާއި މެދު ތަނުގެ މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާ، އެހީތެރިވެދިނުން.

7. ޓްރައިބިއުނަލުގެ އެކްސްޓްރާ ނެޓްވޯކް، އިންޓްރާރ ނެޓް އަދި ޕަބްލިކް ނެޓްވޯކް ފެސިލިޓީޒް ރަނގަޅަށް މަސައްކަތްކުރާކަން ޔަޤީންކުރުން.

8. ޓްރައިބިއުނަލުގެ ސްޓްރެޓެޖިކް ޕްލޭންއާ ގުޅިގެން ކުރަންޖެހޭ އިންފޮމޭޝަން ޓެކްނޮލޮޖީއާގުޅޭ ޕްލޭންތައް ތައްޔާރުކޮށް ތަންފީޒުކުރުމަށް މަސައްކަތް ކުރުން.

9. އީ-ސްޓޯރޭޖް ގާއިމްކޮށް ޓްރައިބިއުނަލްގެ ޑާޓާބޭސް ޑިވެލޮޕްކޮށް ބެލެހެއްޓުން.

10. ޕީ.އޭ.ބީ.އެކްސް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި މަސައްކަތް ކުރުން.

11. ޓްރައިބިއުނަލަށް ބޭނުންވާ ސޮފްޓްވެއަރ އެޕްލިކޭޝަން ޑިވެލޮޕްކުރުމާއި އިންހައުސްކޮށް ނުކުރެވޭ މިފަދަ މަސައްކަތް އައުޓްސޯސްކޮށްގެން ކުރުވުން.

ފެންވަރު ނުވަތަ ޝަރުތު:  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ޑިގްރީއެއް ޙާޞިލް ކުރެއްވުމަށްފަހު މަސައްކަތުގެ ދާއިރާގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް ޙާޞިލް ކުރެއްވުމަށްފަހު މަސައްކަތުގެ ދާއިރާގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މި މަޤާމްތަކަށް ކުރިމަތިލައްވާ ފަރާތްތަކަކީ ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށް ވާންވާނެއެވެ.  

މަސައްކަތްކުރަންޖެހޭތަން:   މިމަޤާމަށް ހޮވޭ ފަރާތުން މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.   

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 22 އޭޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މި ޓްރައިބިއުނަލްގެ ވަޒީފާއަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު (ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ޓްރައިބިއުނަލްގެ އީމެއިލު ([email protected]) މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ. އަދި  އީމެއިލު ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި އެޓޭޗްކުރެވިފައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ، މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
  1. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން
  • މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.
  • މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

ނޯޓް: އިޢުލާން ނަންބަރު 200-VTR/IU/2021/09 (01 އޭޕްރީލް 2021) އާ ގުޅިގެން އެޕްލިކޭޝަން ހުށަހަޅުއްވާފައި ފަރާތްތަކުން މި ވަޒީފާއަށް އެދި އަލުން ފޯމް ހުށައަޅަން ނުޖެހެނޭއެވެ.

މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބް ސައިޓް:www.employmenttribunal.gov.mv އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލްގެ ނަންބަރު 3027801 އަށް ގުޅުއްވުން އެދެމެވެ.

      

14 އޭޕްރިލް 2021