ދިވެހިރާއްޖެ
1442ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން.
1442 ވަނަ އަހަރުގެ ފިޠުރު ޒަކާތް ދެއްކުމަށްޓަކައި ތިރީގައި މިދަންނަވާ މިކައުންސިލްގެ މުވައްޒަފުންނަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްމަށް ފަހު 27 ރަމަޟާން 1442 (09 މެއި 2020)ވަނަ ދުވަހުގެ ކުރިން ތިރީގައި މިދަންނަވާ މިކައުންސިލްގެ އެކައުންޓަށް ފިޠުރު ޒަކާތަށްވާ ފައިސާ ޓްރާންސްފަރ ކުރައްވާ ސްލިޕް ވައިބަރ ކުރެއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ:
- 9960463 ޢަބްދުﷲ މަދީޙް (އެސް.ޖީ)
- 91071077 ޢަބްދުﷲ މުޙައްމަދު (އ.ފައިނޭންސް އޮފިސަރ)
ފައިސާ ޓްރާންސްފަރ ކުރައްވާނީ:
އެކައުންޓް ނަންބަރު: 004-700333-7705
އެކައުންޓް ނަން: 1371 ޚަރަދު 2
ވައިބަރ ނަންބަރު: 7949730
ރިމާރކްސް: ސްލިޕްގެ ރިމާރކްސްގައި ފިޠުރު ޒަކާތުގެ ގޮތުގައި ފައިސާ ދެއްކެވި މީހުންގެ ޢަދަދާއި ރޭޓް އަދި ފައިސާ ދެއްކި ފަރާތުގެ ނަމާއި އެޑްރެސް ލިޔުއްވުމަށް ފަހު ފޮނުއްވާ ދެއްވުން އެދެމެވެ.
ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ މިންވަރެވެ. ޒަކާތް ނެރޭނީ އެމީހަކު އަހަރު ތެރޭގައި ޢާއްމުކޮށް ކައިއުޅުނު ބާވަތުން (ގޮވާމުން) 2.4 ކިލޯގެ މިންވަރަށްވާ އަގެވެ.
|
ބާވަތް |
އަގު |
|
|
އާދައިގެ ހަނޑުލުންނަމަ މީހަކަށް |
12.00(ބާރަ) ރުފިޔާ |
|
|
ތައިލެންޑްގެ ހުދު ހަނޑުލުންނަމަ މީހަކަށް |
60.00(ފަސްދޮޅަސް) ރުފިޔާ |
|
|
ބާސްމަތީ އާދައިގެ ހަނޑުލުންނަމަ މީހަކަށް |
53.00(ފަންސާސް ތިން) ރުފިޔާ |
|
|
ބާސްމަތީ މޮޅުހަނޑުލުންނަމަ މީހަކަށް |
92.00(ނުވަދިހަ ދެ) ރުފިޔާ |
|
|
ރަތްހަނޑުލުންނަމަ މީހަކަށް |
72.00(ހަތްދިހަ ދެ) ރުފިޔާ |
|
|
އާދައިގެ ފުށުންނަމަ މީހަކަށް |
12.00(ބާރަ) ރުފިޔާ |
|
|
އާޓާ ފުށުންނަމަ މީހަކަށް |
56.00(ފަންސާސްހަ) ރުފިޔާ |
|
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
|
|