| 
 ވަޒީފާގެ ފުރުޞަތު 
 | 
| 
 މަޤާމް: 
 | 
 އިންޖީނު އޮޕަރޭޓަރ 
 | 
| 
 ވަޒީފާގެ ދާއިރާ: 
 | 
- · ކ.ތުލުސްދޫ އިންޖީނުގެ
 
- · ކ.ދިއްފުށި އިންޖީނުގެ
 
 
 | 
| 
 ބޭނުންވާ ޢަދަދު: 
 | 
 01 ( ކޮންމެ އިންޖީނުގެއަކަށް 01 ) 
 | 
| 
 އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް: 
 | 
 -/4,900ރ އާއި -/11,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން) 
 | 
| 
 ފެންވަރު ނުވަތަ ޝަރުޠު: 
 | 
- · މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ލެވެލް 03 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
 
- · ގްރޭޑް 10 ނިންމާފައިވުން.
 
 
 | 
| 
 ދާއިރާގެ މައިގަޑު މަސައްކަތް: 
 | 
 އިންޖީނުގޭގެ ޓެކްނިކަލް މަސައްކަތް އަދި ޝިފްޓް ޑިއުޓީ ކުރުން. 
 | 
| 
 ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް: 
 | 
 18 އޭޕްރީލް 2021 ވަނަ ދުވަހުގެ 13:00ގެ ކުރިން 
 | 
| 
 ސުންގަޑި: 
 | 
 މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ ސްޓެލްކޯގެ އިންޖީނުގެއަށް 18 އޭޕްރީލް 2021 ވަނަ ދުވަހުގެ 13.00 ގެ ކުރިން ހުށަހެޅުން އެދެމެވެ. 
 | 
| 
 އިންޓަވިއު: 
 | 
 އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ. 
 | 
| 
 ހުށަހަޅަން ޖެހޭ ލިޔުން: 
 | 
- ވަޒީފާ އަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
 
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
 
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
 
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
 
  | 
| 
 އިތުރު މަޢުލޫމާތު: 
 | 
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
 
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
 
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
 
 
 | 
| 
                         26 ޝައުބާން 1442 
                        08 އޭޕްރީލް  2021 
 |