ދިވެހިރާއްޖެ
ތަރުޖަމާނުން ހޯދުމާއިގުޅޭ (އަލުން އިޢުލާންކުރުން)
މިކޯޓުން ބަލަމުންދާ ބައެއް މައްސަލަތަކާއި ގުޅިގެން ތަރުޖަމާނަކު ހޯދުމަށް ކުރެވުނު ނަންބަރު Q10C-A/2021/3 އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވުމާއެކު ތިރީގައި މިވާ ބަސްބަހުގެ ތަރުޖަމާނު ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ.
ބަންގާޅު ބަސް، އިނގިރޭސި ބަސް، ޗައިނާ ބަސް، ޖަޕާނު ބަސް، ހިންދީ ބަސް، އުރުދޫ ބަސް، މަލިޔާޅަމް ބަސް، ސައިން ލޭންގުއޭޖް.
ޝަރުތު: އިސްވެ ބަޔާންކުރެވުނު ބަސްބަހުން ދައްކާ ވާހަކަތައް ދިވެހި ބަހަށް ފަރިތަކަމާއެކު ތަރުޖަމާ ކޮށްދިނުމާއި، އަދި ދިވެހި ބަހުން ދައްކާ ވާހަކަ އެ ބަސްބަހަށް ފަރިތަކަމާއެކު ތަރުޖަމާ ކުރުމުގެ ޤާބިލުކަން ހުރުން.
އުޖޫރަ: މައްސަލަތަކާއި ގުޅިގެން ކޯޓުގައި ހޭދަކުރާ ކޮންމެ ގަޑިއަކަށް -/400 ރުފިޔާ (ހަތަރު ސަތޭކަ ރުފިޔާ)
ހުށަހަޅަންޖެހޭ ތަކެތި:
- ތަރުޖަމާނުކަމަށް އެދޭ ފޯމު
- ޕާސްޕޯޓު / އައިޑީކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ
- ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ
- ވަނަވަރު (ސީވީ)
ވީމާ، މިކަމަށް އެދޭ ފަރާތްތަކުން މި ކޯޓުގެ ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްޓަކައި، 25 އެޕްރީލް 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ހުށަހަޅަންޖެހޭ ތަކެތި މި ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
26 ޝަޢުބާން 1442
08 އެޕްރީލް 2021