ދިވެހިރާއްޖެ
ނަމްބަރ: (IUL)239-PPRM/239/2021/10
އިޢުލާން
އަތޮޅުކައުންސިލް އިދާރާގެ "ހިޔާވަހި" ޕްރޮޖެކްޓްގެ ދަށުން އެކަމަޑޭޝަން ޢިމާރާތެއް އެޅުމުގެ ކުރެހުން ފަރުމާކުރުމާ ގުޅޭގޮތުން ކުރި އިޢުލާނާއި ގުޅޭ
މިކައުންސިލް އިދާރާގެ ނަމްބަރ: (IUL)239-PPRM/239/2021/1 (31 މާރިޗް 2021) އިޢުލާން އަށް ޙަވާލާދީ ދަންނަވަމެވެ. 2021 އެޕްރީލް 11 ވަނަ ދުވަހާއި 12 ވަނަ ދުވަހަކީ ބަންދު 2 ދުވަސް ކަމުގައި ސަރުކާރުން ހަމަޖެއްސެވުމާއި ގުޅިގެން ދެންނެވުނު އިޢުލާނުގައިވާ ބީލަން ހުށަހެޅުމުގެ ތާރީޚަށް ބަދަލު ގެނެވިފައިވާ ވާހަކަ ދެންނެވީމެވެ.
އެގޮތުން ބީލަން ހުށަހެޅުން އޮންނާނީ 27 އޭޕްރީލް 2021 ވަނަ ދުވަހު 11:00 ގައި މިއިދާރާގައެވެ.
މިކަމާގުޅޭ އެއްވެސް އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ތިރީގައިވާ އީމެއިލް މެދުވެރިކޮށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.
އީމެއިލް : [email protected]
ފޯން ނަމްބަރ : 6780711 / 7846025
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
26 ޝައުބާން 1442
08 އޭޕްރީލް 2021
މުޙައްމަދު ޔަސަޢު
ޑިރެކްޓަރ ޖެނެރަލް