އިޢުލާނު
|
މަޤާމު:
|
ޑިރެކްޓަރ
|
މަޤާމުގެ ނަންބަރު:
|
J-332049
|
ބޭނުންވާ އަދަދު:
|
1 ( އެކެއް )
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
އީ. އެކްސް. 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް ޑިރެކްޓަރ
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
|
މުސާރަ:
|
-/8835 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-/2000 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
- ޓެކްނިކަލް ކޯ އެލަވަންސް: މުސާރައިގެ 28%
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ސަރުކާރުގެ ސިޔާސަތާއި އެއްގޮތްވާގޮތުގެމަތިން، ސްޓޭންޑަރޑްސް އެނޑް ލޭބަލިންގ ޕްރޮގްރާމްގެ ޤަވާއިދުތަކާއި އެއްގޮތަށް ޕްރޮގްރާމް ހިންގުން.
- ލޭބަލް ހަރުކުރުމަށް ހުށައަޅާ ފަރާތްތަކަށް ސްޓޭންޑަރޑްސް އެންޑް ލޭބަލިންގ ޕްރޮގްރާމްގެ ޤަވާއިދުތަކާއި މިންގަނޑުތަކާއި އެއްގޮތަށް ހުއްދަދިނުން.
- ވެރިފިކޭޝަން ޓެސްޓިންގ ޕްރޮސެސް ކުރިއަށް ގެންދިއުމަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުން.
- ލޭބަލް ހަރުކުރެވިފައިވާ ކަރަންޓު ބޭނުންކުރާ ތަކެތި ވެރިފިކޭޝަން ޓެސްޓިންގއަށް ފޮނުވުމަށްޓަކައި ބޭރުގެ ތަރޑް ޕަރޓީ ލެބޯޓްރީތަކާއި އެކު ޤާއިމްކުރަންޖެހޭ ގުޅުން ޤާއިމްކުރުން.
- ސްޓޭންޑަރޑްސް އެންޑް ލޭބަލިންގ ޕްރޮގްރާމާއި ގުޅޭ ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކަށް ލުއިފަސޭހަ، އަވަސް، ޚަރަދު ކުޑަ ގޮތްތައް ހޯދައި، ތައާރަފުކޮށް، އެކަން އިތުރަށް ކުރިއަރުވަން މަސައްކަތް ކުރުން.
- ދަށުގައިވާ ޔުނިޓްތަކަށް މަގުދައްކާ އެ ޔުނިޓްތަކުގެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބެލުން.
- ސްޓޭންޑަރޑްސް އެންޑް ލޭބަލިންގ ސެކްޝަނަށް ބޭނުންވާ ހަރުމުދަލާއި އެހެނިހެން ތަކެތި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ހޯދައި ބެލެހެއްޓުން.
- ސްޓޭންޑަރޑްސް އެންޑް ލޭބަލިންގ ސެކްޝަންގެ އިސް މުވައްޒަފުގެ ހައިސިއްޔަތުން ޖަވާބުދާރީ ވާންޖެހޭ ކަންކަމާއި ހާލަތްތަކުގައި ޖަވާބުދާރީވުން.
- ސްޓޭންޑަރޑްސް އެންޑް ލޭބަލިންގ ޕްރޮގްރާމްގެ މަސައްކަތް އިތުރަށް ފުޅާކުރުމަށް ބޭނުންވާ ޕްލޭންތައް އެކުލަވާލުމާއި އާއި މަސައްކަތް ކުރިއަށްދާ ގޮތް މޮނިޓަރ ކުރުން.
- ސްޓޭންޑަރޑްސް އެންޑް ލޭބަލިންގ ޕްރޮގްރާމާއި ގުޅުން ހުރި ބައިނަލްއަޤުވާމީ އިދާރާތަކާއިއެކު ގުޅުން ޤާއިމްކުރުން.
- ސްޓޭންޑަރޑްސް އެންޑް ލޭބަލިންގ ޕްރޮގްރާމާއި ގުޅުން ހުރި ބައިނަލްއަޤުވާމީ ބައްދަލުވުންތަކުގައި މިނިސްޓްރީ އޮފް އެންވަޔަރަމެންޓް ތަމްސީލްކުރުން.
- ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ޤަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓް ތަންފީޒުކުރުމުގައި ސްޓޭންޑަރޑްސް އެންޑް ލޭބަލިންގ ސެކްޝަންގެ މުވައްޒަފުން އަމަލުކުރުން ކަށަވަރުކުރުމާއި އެކަންކަމުގައި މުވައްޒަފުން ޖަވާބުދާރީކުރުވުން.
- ޑިރެކްޓަރ ޖެނަރަލްއަށް ލަފައާއި މަޝްވަރާ ދިނުމާއި، ދާއިރާގެ އެކިއެކި ނިންމުންތައް ނިންމުމަށް އެހީތެރިވުން.
- ދަށުގައިވާ މުވައްޒަފުން ސުޕަރވައިޒް ކުރުމާއި އެޕްރެއިޒްކުރުމުގެ މަސައްކަތްކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
- މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު،މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނގަނޑުގެ ލެވެލް 9 އިން ފެށިގެންމަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
ތަޢުލީމީ ރޮނގުތައް:
- އެޓްމޮސްފެރިކް ކެމިސްޓްރީ، އެޓްމޮސްފެރިކް ސައިންސް، ބަޔޯ ޑައިވާސިޓީ، ކެމިކަލް އިންޖިނިއަރިންގ، ކެމިސްޓްރީ، ސިވިލް އިންޖިނިއަރިންގ، ކްލައިމެޓޮލޮޖީ، ކޯސްޓަލް އިންޖީނިއަރިންގ، ކޯސްޓަލް ޒޯން މެނޭޖްމަންޓް، އިލެކްޓްރިކަލް އިންޖިނިއަރިންގ، އިލެކްޓްރޯނިކްސް ޓެކްނޮލޮޖީ، އެނާޖީ އިންޖިނިއަރިންގ، އެނާރޖީ މެނޭޖްމަންޓް، އެނާރޖީ ޕޮލިސީ، އެންވަޔަރަންމެންޓަލް ކެމިސްޓްރީ، އެންވަޔަރަންމެންޓަލް އިކޮނޮމިކްސް، އެންވަޔަރަންމެންޓަލް އިންޖިނިއަރިންގ، އެންވަޔަރަންމެންޓަލް މެނޭޖުމަންޓު، އެންވަޔަރަންމަންޓަލް ޕޮލިސީ، އެންވަޔަރަންމެންޓަލް ސައިންސް، އެންވަޔަރަމެންޓަލް ސްޓަޑީޒް، ޖިއޯމެޓިކްސް، ޖިއޮމެޓިކް އިންޖީނިއަރިންގ، ޖިއޯސްޕާޝިއަލް ސައިންސް، ޖިއޯޓެކްނިކަލް އިންޖިނިއަރިންގ، އިންފޮމޭޝަން ރިސޯސް މެނޭޖްމަންޓް، އިންޓަނޭޝަނަލް ރިލޭޝަންސް، މެރިން ބަޔޮލޮޖީ، މެރިން ކެމިސްޓްރީ، މެރިން އިކޮނޮމިކްސް، މެރިން އިންޖީނިއަރިންގ، މެރިން ސައިންސް، މެރިން ސަރވޭ، މެރިން ޓެކްނޮލޮޖީ، މެކޭނިކަލް އިންޖިނިއަރިންގ، މައިކްރޯބަޔޮލޮޖީ، ނެޗުރަލް ރިސޯސް މެނޭޖްމަންޓް، ޕްރޮޖެކްޓު މެނޭޖުމަންޓު، ކޮންޓިޓީ ސާވޭއިންގް، ސްޕާޝިއަލް ސައިންސް، ސްޓެޓިސްޓިކްސް، ސާވޭއިންގް އިންޖިނިއަރިންގް، ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް، އަރބަން ޕްލޭނިންގ، ވޯޓަރ އެންޑް ސެނިޓޭޝަން، ވޯޓަރ ކެމިސްރީ، ވޯޓަރ އިންޖީނިއަރިންގ، ވޯޓަރ މައިކްރޯބައޮލޮޖީ، ވޯޓަރ ރިސޯސް މެނޭޖްމަންޓް، ވޯޓަރ ސައިންސް، ވޯޓަރ ޓެކްނޮލޮޖީ
މަގާމުގެ ޕްރިފަޑް ޑިސިޕްލިން:
މަޤާމުގެ ކޯ ޑިސިޕްލިންގ:
- އެނާޖީ އިންޖިނިއަރިންގ
- އެނާރޖީ މެނޭޖްމަންޓް
- އެނާރޖީ ޕޮލިސީ
- އެންވަޔަރަންމެންޓަލް މެނޭޖުމަންޓު
- އެންވަޔަރަންމަންޓަލް ޕޮލިސީ
- އެންވަޔަރަންމެންޓަލް ސައިންސް
- އެންވަޔަރަމެންޓަލް ސްޓަޑީޒް
|
ގުޅޭ ވަޒީފާގެ ދާއިރާތައް:
- އެންވަޔަރަންމަންޓް
- ހަކަތަ
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ %25 ( ފަންސަވީސް އިންސައްތަ ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމަ އެވެ.
(ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 އޭޕްރީލް 29 ގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް 10ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،02 މޭ 2021 އާއި 12 މޭ 2021 އާ ދެމެދު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3018327,3018330,3018329 އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.
|